މާބާއިދޫ ކައުންސިލުން ގެސްޓްހައުސް ތަރައްޤީކޮށް ހިންގުމަށް ދޫކުރެވުނު ބިމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

Maabaidhoo council in gesthouse tharahgeekoh hingumah dhookurevunu bimuge ehbasvumugai soe kohfi

މާބާއިދޫ ކައުންސިލުގެ ދިގުރާސްތާ ޕްލޭންގެ ދަށުން ޓޫރިޒަމް ވިލެޖުން ގެސްޓްހައުސް ތަރައްޤީކޮށް ހިންގުމަށް ދޫކުރެވުނު ބިމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެގޮތުން، ޓޫރިޒަމް ވިޔަފާރި އަށް 10,800 އަކަފޫޓުގެ 1 ބިމާއި 6,300 އަކަފޫޓުގެ 1 ބިން އަދި 1,300 އަކަފޫޓުގެ 1 ބިން ވަނީ 2 ފަރާތަކަށް އެއްބަސްވުމުގެ ދަށުން ދޫކޮށްފައެވެ. މި ބިންތައް ދޫކޮށްފައިވަނީ  މޯލްޑިވްސް ޓްރެވެލް ކްލަބް އަދި ވީއައިޕީ ޓްރިޕް ޖަމިއްޔާއަށް 35 އަހަރުގެ މުއްދަތަކަށެވެ.

މާބައިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ވިސާމް ވިދާޅުވީ މިއީ މީގެ ގާތްގަނޑަކަށް 2 މަސްކުރިން ގެސްޓްހައުސް އިމާރާތްކުރުމަށް ސްލޮޓްތައް ޓޫރިޒަމް ވިލެޖު ގޮތުގައި ދޫކުރުމަށް، ލޯކަލް ޓޫރިޒަމް އަށް ގެސްޓްހައުސް ތަރައްގީކުރުމަށް އިއުލާނުކޮށް، ބިޑިންގް އަކުން ކާމިޔާބުކޮށްގެން ހޮވުނު ފަރާތްތައް ކަމަށެވެ.
ވިސާމް ވިދާޅުވީ 35 އަހަރުގެ މުއްދަތުގެ ތެރެއިން 1 އަހަރު ހިލޭ އިމާރާތްކުރުމަށް ދޫކުރެވޭނެ ކަމަށެވެ. އެ މުއްދަތު ތެރޭގައި ކޮންސްޓްރަކްޝަން ނިންމުމަށް ފަހު އޮޕަރޭޝަނަށް ގެންނަން ޖެހޭނެ ކަމަށް ވިސާމް ވިދާޅުވިއެވެ.

މާބައިދޫ ކައުންސިލްގެ ރައީސް ވިދާޅުވީ މާބައިދޫ އަކީ ލޯކަލް ޓޫރިޒަމް އަށް ޕޮޓެންޝިއަލް އޮތް ތަނެއް ކަމަށާއި ދެ ފަރާތު ކަނޑުގެ ގުދުރަތީ މުއްސަނދިކަމާއި، ސާރފިންގް ޕޮއިންޓް، މާބައިދޫ ކޯރު އަދި ސޯޝަލްމީޑިއާގައި ވެސް މަގުބޫލުކަން ހޯދާފައިވާ އޮތް ތަނެއްކަމަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments