މިމަހުގެ ނިޔަލަށް ވެމްކޯގައި ރަޖިސްޓްރީނުވާ ފަރާތްތަކަށް ޚިދުމަތް ކަނޑާލަނީ
Mi mahuge niyalah Wamco gai registry nuvaa faraaiythakah hidhumaiy kandaalanee

މިމަހުގެ ނިޔަލަށް ވެމްކޯގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް އެދުވަހަށްފަހު ޚިދުމަތް ކަނޑާލާނެކަމަށް ވެމްކޯގެ ލ. ގަމު އޮފީހުން އިއުލާނުކޮށްފިއެވެ.
އެ އިއުލާނުގައި ބުނީ މީގެކުރިން ކައުންސިލުން ދެމުން އައި ކުނިނެގުމުގެ ޚިދުމަތް އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކުރިއަށް ގެންދާނީ ވެމްކޯގެ ފަރާތުން ކަމަށެވެ. އެގޮތުން މިހިނގާ އެޕްރީލް މަހުގައި އެއްވެސް ގެޔަކުން ފީއެއް ނެގުމަކާއިނުލައި ވެމްކޯގެ ފަރާތުން އެ މަސައްކަތް ކުރަމުން ގެންދާނީ ”ހިލޭ ސާބަހަށެވެ.“ ނަމަވެސް މެއި މަހުން ފެށިގެން ވެމްކޯއިން ކުނިފީގެ ގޮތުގައި ކޮންމެ ގެޔަކުން މަހަކު 150 ރުފިޔާ ނަގަން ފަށާނެ ކަމަށް ވެމްކޯ އިން ވަނީ އިއުލާނުކޮށްފައެވެ.
މިމަހު 17 ގެ ނިޔަލަށް، ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު 09:00 އިން 11:30 އަދި 13:30 އިން 15:30 އަށް ގަމު ވެމްކޯ އޮފީހަށް ޒިޔާރަތްކޮށްގެން ކުނި ނެގުމުގެ ޚިދުމަތަށް ރަޖިސްޓްރީވެވޭނެއެވެ.