ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފަހު ތާރީޚަކީ މޭއި މަހުގެ 4 ވަނަ ދުވަސް!

Rehendhi award ah kurimathi lumuge fahu thaareehakee may mahuge 4 vana dhuvas!

ޤައުމީ ޚިދުމަތުގައި އެކި ދާއިރާތަކުން  އަންހެނުން ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެމުން އަންނަ ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ފެބްރުއަރީ މަހު ހުޅުވާލާފައިވާއިރު، މި އެވޯޑަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ މިއަންނަ މެއި މަހުގެ 4 ވަނަ ދުވަސް ކަމަށް ކަނޑައަޅައިފިއެވެ.

އެކިކަހަލަ މައްސަލަތަކާހުރެ މިދިޔަ އަހަރު ރެހެންދި އެވޯޑް ހަފްލާ ނުބޭއްވުނު ކަމުގައިވިއަސް، މިއަހަރު ރެހެންދި އެވޯޑް ދިނުމުގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިދިޔަ އަހަރާއި އެއްކޮށެވެ.

ރެހެންދި އެވޯޑް މައިގަނޑު ގޮތެއްގައި ހާއްސަކޮށްފައިވަނީ 4 ދާއިރާއަކަށެވެ. އެއީ، ލީޑަރޝިޕް އަދި ގަވަރނެންސްގެ ދާއިރާ، އިގްތިސާދީގޮތުން ބާރުވެރިކުރުވުން، އިޖްތިމާއީގޮތުން ބާރުވެރިކުރުވުން  އަދި އަންހެނުން އާންމުކޮށް ކޮށްނޫޅޭ މަސައްކަތްތައް ”ނޮން- ޓްރެޑިޝަނަލް ރޯލްސް“ ދާއިރާއިން ދެވޭ އެވޯޑްއެވެ.

އެވޯޑަށް ކުރިމަތިލުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުޞަތާއި، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ (ނޮމިނޭޓް ކުރުމުގެ) ފުރުޞަތު އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުންނާއި ޖަމުޢިއްޔާ ޖަމާޢަތްތަކުންވެސް ނަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

މިއެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުޠުތައް އެކުލެވޭ އުޞޫލާއި އެޕްލިކޭޝަން ފޯމު، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ވެބްސައިޓް www.msfd.gov.mv އިން ޑައުންލޯޑު ކުރެއްވޭނެއެވެ. އަދި ރެހެންދި އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުޠުތައް އެކުލެވޭ އުޞޫލާއި އެޕްލިކޭޝަން ފޯމު، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުންނާއި އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ފެމިލީ އެންޑް ޗިލްޑަރަންސް ސަރވިސް ސެންޓަރތަކުންވެސް ލިބެން ހުންނާނެއެވެ.

އެޕްލިކޭޝަންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މި އެވޯޑަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، މިނިސްޓްރީގެ އީމެއިލް [email protected] އިންނާއި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށް، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް (އުމަރު ޒާހިރު އޮފީސް އިމާރާތް، އޯކިޑުމާ ހިނގުން، ހުޅުމާލެ)ގެ ކައުންޓަރުންނެވެ.

ރެހެންދި އެވޯޑަކީ 2014 ވަނަ އަހަރުން ފެށިގެން ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން އަހަރަކު އެއް ފަހަރު ގައުމީ ފެންވަރުގައި ދެވެމުންދާ އެވޯޑެކެވެ. މިއީ ގައުމީ ފެންވަރުގައި، ގައުމީ ޚިދުމަތުގައި އެކިއެކި ދާއިރާތަކުން މުޖުތަމައުގެ ތަރައްގީއަށާއި މުޖުތަމައު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު ގައުމީ ފެންވަރުގައި ވަޒަންކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ޑިވެލޮޕްމެންޓް ގެ ފަރާތުން ދެވޭ އެވޯޑްއެކެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments