ގަމު ރީޖަނަލް ހޮސްޕިޓަލުން ނަގާ ލޭ އުކާލަން ޖެހޭކަމުގެ ޝަކުވާތަކެއް ގިނަވެއްޖެ

Gamu regional hospital in nagaa ley ukaalan jehey kamuge shakuvaa thakeh gina vehje

ލ. ގަމު ރީޖަނަލް ހޮސްޕިޓަލުން ބަލިމީހުން ގަޔަށް އެޅުމަށް ނަގާ ލޭ އުކާލަން ޖެހޭ ކަމުގެ ޝަކުވާތަކެއް ގިނަވެއްޖެއެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ގަމު ރީޖަނަލް ހޮސްޕިޓަލްގެ މުވައްޒަފުންގެ އިހުމާލުން މިފަދަ ކަންކަން ތަކުރާރުކޮށް ހިނގާ ކަމަށް ބުނެ ފާޑުކިޔަމުންނެވެ. އެގޮތުން، ”ލާމު އެމްވީ“ އަށް މައުލޫމާތު ދިން ފަރާތެއް ބުނީ ދަރިފުޅުގެ ކްރޮސްމެޗް ހަދަން ގަމު ރީޖަނަލް ހޮސްޕިޓަލްއަށް ދިއުމުން، ލޭ އަޅާ ޕެކަށް އަޅަން ޖެހޭ ވަރަށް ވުރެ އިތުރަށް ލޭ ނެގިކަމަށެވެ. އެ ފަރާތުން ބުނީ ދަރިފުޅުގެ ގަޔަށް ލޭ އަޅަން ބޭނުންކުރީވެސް ނޯމަލް ބަލިމީހުން ލޭ އެޅުމަށް ބޭނުންކުރާ ޕެކް ކަމަށެވެ.

ހޮސްޕިޓަލްގެ އިހުމާލުން ގިނައިން ނެގުނު ލޭ އުކާލާން ޖެހުމުގެ ސަބަބުން ހޮސްޕިޓަލްގެ ފަރާތުން ވަނީ ޕޭޝަންޓަށް ޑޯނަރެއް ހޯދާދީފައެވެ. މީގެއިތުރުން، ނަގަން ޖެހޭ މިންވަރަށްވުރެ މަދުން ލޭ ނެގުމާއެކު، އުކާލަން ޖެހޭ ކަމުގެ ޝަކުވާވެސް ބައެއް ފަރާތްތަކުން ދަނީ ކުރަމުންނެވެ.

މިކަމާ ގުޅިގެން ގަމު ރީޖަނަލް ހޮސްޕިޓަލްގެ ސީއީއޯ އަބްދުުލް ހަންނާން އަބްދުއް ރަހީމަށް ގުޅުމުން ވިދާޅުވީ އެފަދަ ކަމެއް ހިނގާފައިވާ ކަމުގެ މައުލޫމާތު އަދި ލިބިފައި ނުވާކަމަށާއި، މުވައްޒަފުންގެ އިހުމާލުން އެފަދަ ކަމެއް ހިނގާފައިވާނަމަ އެއީ ވަރަށް ދެރަ ކަމެއްކަން ފާހަގަކުރެއްވިއެވެ.

ލޭ އުކާލަން ޖެހުމުން، ހޮސްޕިޓަލުން އިތުރު ޑޯނަރެއް ހޯދައިދޭ ނަމަވެސް، އެފަދަ ކަންކަން ތަކުރާރުވުމަކީ ގިނަ ބަޔަކު ކަންބޮޑުވާ ކެމެކެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments