ގިނަ އަދަދެއްގެ މީހުންނާއެކު ”މުޅި ލާމު ޣައްޒާއާއެކު“ ވެހިކަލް ބުރު ބާއްވައިފި
Gina adhadhehge meehunnaeku "mulhi laamu Gaza aa eku" vehicle buru baahvaifi

ގިނަ އަދަދެއްގެ ބައިވެރިންނާއެކު ”މުޅި ލާމު ޣައްޒާއާއެކު“ ވެހިކަލް ބުރު މިއަދު ބާއްވައިފިއެވެ.
”މުޅި ލާމު ޣައްޒާއާއެކު“ މި ހަރަކާތަކީ ޣައްޒާއާއެކު ލ.އަތޮޅުގެ ރައްޔިތުން ތިބިކަން ދައްކާލުމަށް، ލ.ގަން އަދި ފޮނަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އަދި މަދަނީ ޖަމްޢިއްޔާތައް ގުޅިގެން ބޭއްވި ޚާއްޞަ ހަރަކާތެކެވެ.
މި ވެހިކަލް ބުރު ފަށާފައިވަނީ ފޮނަދޫ އިން ފޮނަދޫ ކައުންސިލް ދޮރުމަތިން އަދި ގަމުން ގަމު ތުނޑީ މަގުކޮޅުންނެވެ. ދެ ޕޮއިންޓުންވެސް ހަވީރު 04:00 ގައި ހަރަކާތް ފަށާފައިވާއިރު، ވެހިކަލް ބުރު ނިންމާލީ ފޮނަދޫ މަގުކޮޅުންނެވެ. ވެހިކަލް ބުރުގައި މާބާއިދޫގެ ޓީމެއްވެސް ބައިވެރިވިއެވެ.
މި ހަރަކާތް ހުށަހަޅާދީފައިވަނީ އަޙްމަދު ޙަމީދު އާދަމް އެވެ. އަދި ދީނީ އިލްމުވެރިންގެ ގޮތުގައި އައްޝައިޚް ޚާތިމް ޔޫސުފް އަދި ޝެއިޚް އާދަމް ނިޝާންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ހަރަކާތް ނިންމާލީ ޚާއްސަ ދުޢާއަކުންނެވެ.