ޖޮޒީގެ ރީ-ކްރީއޭޝަނަށް ބޮޑު ތަރުހީބެއް!
Jozy ge re-creation ah bodu tharuheebeh!

ދިވެހި ޖާޒީ ބްރޭންޑެއް ކަމަށްވާ ޖޮޒީގެ ރީ-ކްރީއޭޝަނަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
ޖޮޒީ އިން ސޯޝަލްމީޑިއާއަށް ލާފައިވަނީ 2000 ވަނަ އަހަރު ދިވެހި ގައުމީ ޓީމުން ބޭނުންކުރި ޖާޒީގައި އޭރު ގައުމީ ޓީމުގެ ފޯވާޑް އަލީ ޝިހާމް (ހުރާ އައްޔަ)ގެ ފޮޓޯތަކެކެވެ.މި ފޮޓޯތައް ވަނިީ ސޯޝަލްމީޑިއާގައި ވަރަށް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައެވެ. އައްޔަ ލައިގެން ހުރި ޖާޒީ އަކީ ޖޮޒީ އިން މީގެ25 އަހަރުކުރީގެ ގައުމީ ޓީމު ޖާޒީގެ އަސްލަކަށް ބަލައިގެން ހަދާފައިވާ ޖާޒީއެކެވެ.
ޖޮޒީ އިން ބުނީ މި ރީ-ކްރިއޭޝަންގެ ބޭނުމަކީ އެ ޖާޒީގައި ކުޅުނު ކުޅުންތެރިން ކުރި މަސައްކަތާއި އެ ކުޅުންތެރިން ދެއްކި ގައުމީ ޖޯޝުގެ އަގުވަޒަންކުރުން ކަމަށެވެ. އަދި އޭރުގެ އެންމެ މަގުބޫލު އެއް ކުޅުންތެރިއެއް ކަމަށްވާ ޖާޒީ ނަމްބަރު 19 ހުރާ އައްޔައަށް ޖޮޒީގެ މި ރީ-ކްރިއޭޝަން ވަނީ ވަކިން ހާއްސަކޮށްފައެވެ.
ހުރާ އައްޔަ އަކީ އެދުވަސްވަރު ރާއްޖޭގައި ހުރި އެންމެ މަގުބޫލު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށްވާއިރު، އޭނާ ވަނީ އޭރުގެ ޕްލެޔަރ އޮފް ދަ ސީޒަން އަދި ގޯލްޑެން ބޫޓްވެސް ކާމިޔާބުކޮށްފައެވެ.