ފޯ ސީޒަންސް އިން ފޮނަދޫއާ މާވަށުގައި ފަތުރުވެރިކަމުގެ ދާއިރާއިން އިންޓޭކް ސެޝަނެއް ބާއްވަނީ
Four seasons in fonadhoo aa maavashugai fathuruverikamuge dhaairaa in intake session eh baahvanee

ފޯ ސީޒަންސް އިން ލ.ފޮނަދޫއާ މާވަށުގައި ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުން ނެރުމަށް ހާއްސަ އިންޓޭކް ސެޝަނެއް ބޭއްވުމަށް ނިންމައިފިއެވެ.
މިއީ ފޯ ސީޒަންސް މޯލްޑިވްސް އާއި ލާމު އަތޮޅު ކައުންސިލާއި ގުޅިގެން، ފަތުރުވެރިކަމުގެ ދާއިރާއިން ފައިދާހުރި ކެރިއަރަކަށް ފުރަތަމަ ފިޔަވަޅު އެޅުމަށް ބާއްވާ ސެޝަންތަކެކެވެ. މި ސެޝަންތަކުގައި ބައިވެރިވެވޭނީ 16 އަހަރާއި 20 އަހަރާއި ދެމެދުގެ ލާމު އަތޮޅުގެ ޒުވާނުންނަށެވެ.
އެގޮތުން ފޮނަދޫގެ ހާއްސަ އިންޓޭކް ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހު 29 ވަނަ ދުވަހު ހެނދުނު 09:00 ގައި ފޮނަދޫ އިޖްތިމާއީ މަރުކަޒުގައެވެ. އަދި މާވަށުގެ އިންޓޭކް ސެޝަން އޮތީ މިމަހުގެ 28 ވަނަ ދުވަހު 16:00 ގައި މާވަށު ސްކޫލުގައެވެ.
މި ދެ ސެޝަނުގައި ވެސް މައުލޫމާތު ދިނުމުގެ ސެޝަންތައް އަދި ސްކްރީނިން އިންޓަވިއުތައް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.