ފޮނަދޫގައި އަޅާ ޔުނިވަރސިޓީ ކެމްޕަސް ތަރައްގީކުރުމަށް ބިން ކަނޑައެޅުމާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދަނީ

Fonadhoo gai alhaa university campus tharahgee kurumah bin kandaelhumaai gulheygothun rayyithunge hiyaalu hoadhanee

ލ. ފޮނަދޫގައި އަޅާ ޔުނިވަރސިޓީ ކެމްޕަހާއި ލޭންގުއޭޖް ސްކޫލް ތަރައްގީކުރުމަށް ބިން ކަނޑައެޅުމާއި ގުޅޭގޮތުން އެރަށުގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް އެ ކައުންސިލުން ނިންމައިފިއެވެ.

ފޮނަދޫ ކައުންސިލުން ބުނީ މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާއި ބެހޭ ވުޒާރާގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމްގެ ދަށުން ފޮނަދޫގައި ޔުނިވަރސިޓީ ކެމްޕަހަކާއި ލޭންގުއޭޖް ސްކޫލެއް ތަރައްގީކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެހެންކަމުން މި ދެ މަޝްރޫއަށް ބިން ކަނޑައެޅުމާއި ގުޅޭގޮތުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް އެ ކައުންސިލުން ވަނީ ނިންމާފައެވެ.

އެގޮތުން، ރައްޔިތުންގެ ހިޔާލާއި މަޝަވަރާ ހޯދުމަށް ބާއްވާ ރައްޔިތުންގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެެެ 27 ވަނަ ދުވަހުގެ ރޭޭ 20:30 ގައި މެދުއަވަށު އިޖްތިމާއީ މަރުކަޒުގައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments