ގަމު ރީޖަނަލް ހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތްތަކާމެދު އާންމުނުގް ހިޔާލުހޯދުމަށް ކިޔު.އާރު ކޯޑެއް ތައާރަފްކޮށްފި

Gamu reigional hospital in foarukohdhey hidhumaiythakaa medhu aanmunge hiyaalu hoadhumah QR code eh thaarafu kohfi

ލ. ގަމު ރީޖަނަލް ހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތްތަކާމެދު އާންމު ރައްޔިތުންގެ ހިޔާލުހޯދުމަށް ކިޔު.އާރު ކޯޑެއް ތައާރަފްކޮށްފިއެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލްގެ ރަސްމީ ފޭސްބުކް ޕޭޖްގައި ވަނީ ކިޔު. އާރު ކޯޑް ހިއްސާކޮށްފައެވެ. އެ ކޯޑު ސްކޭން ކޮށްލުމުން އިދާރާއިން ލިބުނު ހިދުމަތާމެދު ދެކޭގޮތް ރޭޓް ކުރުމަށް ބުނެއެވެ. އަދި ހިދުމަތުގެ އަވަސް، ލަސްމިނާއި މުވައްޒަފުންގެ އެހީތެރިިކަމާއި މުއާމަލާތުކުރުމާއި މުވައްޒަފުންގެ ސާފުތާހިރުކުރުމާއި ތަނުގެ ސާފުތާހިރުކަން ރޭޓް ކުރާނޭ ބަޔެއް ވެސް އެ ޕޯޓަލްގައި އިނެވެ.

މީގެއިތުރުން، އިތުރަށް ރަނގަޅު ކުރުމަށް ހިޔާލު ހުށަހަޅާނެ ގޮޅިއެއްވެސް ފެންނަން އިނދެއެވެ. އެ ޕޯޓަލް އިން ޝަކުވާ ހުށަހަޅުއްވާއިރު ފޯނު ނަމްބަރާއި އީމެއިލް ޖައްސަވައިފިނަމަ އެ ޝަކުވާއަކާ ގުޅޭ އަޕްޑޭޓްސް ލިބޭނެކަމަށްވެސް ބުނެފައިވެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments