”ހިތަދޫ އީދު އުފާ 1446“ ސްޓޭޖް ޝޯވް އަދި ފުޅަނދުބުރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
"Hithadhoo Eid Ufaa 1446" stage show adhi fulhandhuburugai baiverivumuge furusathu hulhuvaalaifi

ލ. ހިތަދޫ އީދު އުފާ 1446، ސްޓޭޖް ޝޯވް އަދި ފުޅަނދުބުރުގައި ބައިވެރިވުމުގެ ފުުރުސަތު އެރަށު ކައުންސިލުން ހުޅުވާލައިފިއެވެ.
ހިތަދޫ ކައުންސިލުން ވަނީ އެރަށުގެ ޖަމިއްޔާތަކާއި ގްރޫޕްތައް އަދި ސަރުކާރުގެ މުއައްސަސާތަކަށް ބައިވެރި ވެވޭ ގޮތަށް އީދުގެ ތިންވަނަ ދުވަހުގެ ރޭ ސްޓޭޖް އައިޓަމް ޝޯވްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން އެއް ވަނަ އައިޓަމަކަށް 2000 ރުފިޔާ، ދެވަނަ އައިޓަމަކަށް 1000 ރުފިޔާ އަދި ތިންވަނަ އައިޓަމަކަށް 500 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، އީދުގެ ފުރަތަމަ ދުވަހުގެ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ ފުޅަނދުބުރުގެ ހަރަކާތުގައި އެއްވަނަ ފުޅަނދަށް 5000 ރުފިޔާ، ދެވަނަ ފުޅަނދަށް 2500 އަދި ތިންވަނަ ފުޅަނދަށް 1500 ރުފިޔަގެ ފައިސާގެ އިނާމު ދިނުމަށް ހިތަދޫ ކައުންސިލުން ވަނީ ނިންމާފައެވެ.
މި ހަރަކާތްތަކުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ މެއި 25 ވަނަ ދުވަހު 12:00 ގެ ކުރިންނެވެ. ބައިވެރިވުމަށް އެދޭ ފޯމު އަދި މައުލޫމާތު ޝީޓު ހިތަދޫ ކައުންސިލް އިދާރާގެ ކައުންޓަރުން އަދި ކައުންސިލްގެ ފޭސްބުކް ޕޭޖް އިން ވެސް ލިބޭނެއެވެ.