ގަމުގެ ދަނޑުވެރިންނަށް ދިމާވެފައިވާ ދަތިތަކާމެދު މެންބަރު ޔޫސުފް ނަޝީދު ކަންބޮނޑުވުން ފާޅުކުރައްވައިފި

Gamuge dhanduverinnah dhimaavefaivaa dhathithakaamedhi member yoosuf nasheedh kanbonduvun faalhu kurahvaifi

ލ.ގަމުގެ ދަނޑުވެރިންނަށް ދިމާވެފައިވާ ދަތިތަކާމެދު ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު ރައްޔިތުުންގެ މަޖިލީހުގައި ކަންބޮނޑުވުން ފާޅު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރައްވަމުން މެންބަރު ވިދާޅުވީ ގަމަކީ މުޅި ރާއްޖޭގައި އޮތް އެންމެ ބޮޑު ރަށް ކަމަށާއި އެންމެ ގިނަ ދަނޑުވެރިން ތިބޭނީ ލ.ގަމުގައި ކަމަށެވެ. މެންބަރު ވިދާޅުވީ ކަނޑޫދޫ ލޭބަލްގައި ވިއްކާ މިރުހަކީވެސް ގަމުގައި ހައްދާ މިރުސްކަމަށެވެ.

”އިއްޒަތްތެރި ރައީސް. އެއްވެސް އެއްޗެއް ވިއްކޭނެ އެއްވެސް ގޮތެއް ނެތް. އަޅުގަނޑުމެންނަށް ދަނޑުވެރިން ހައްދާ ތަކެތި ވިއްކޭނެ ގޮތެއް ހައްދަވައިދެއްވުމަކީ ވެސް އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެެއް.“

ގަމު ދަނޑުވެރިން ހައްދާތަކެތި ވިއްކޭނެ ގޮތެއް ނެތުމަކީ އެރަށުގެ ދަނޑުވެރިންގެ ވަރަށް ބޮޑު ކަނބޮޑުވުމެކެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments