އަތޮޅު ކައުންސިލްތައް އުވާލަނީ

Atoll Council thah uvaalanee

އަތޮޅު ކައުންސިލްތައް އުވާލާ، އެކަމަށް ބޭނުންވާ އިސްލާހު ގެނައުމަށް މިއަހަރުތެރޭ މަޖިލީހަށް ހުށަހެޅުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އަތޮޅު ކައުންސިލްތަކަކީ އެއްގޮތަކަށްވެސް މުހިއްމު އިދާރާއެއް ނޫން ކަމަށެވެ. ރައީސް ވިދާޅުވީ މިހާރު އަތޮޅު ކައުންސިލްގައި ތިބެނީ ކޮންމެ ކައުންސިލެއްގެ ރައީސް ކަމަށާއި ދެން ހުންނާނީ އަތޮޅު ކައުންސިލްގެ ރައީސް ކިޔާފައި އިންތިހާބު ކުރާ މީހެއް ކަމަށެވެ. ރައީސް ވިދާޅުވީ އަތޮޅު ކައުންސިލްތެރޭގައި ހިންގަނީ މުޅިންވެސް ބޭކާރު ކަންކަން ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ އަތޮޅު ކައުންސިލްތަކަށް ވުރެ އެރަށެއްގެ ކައުންސިލް ހިންގުން މާ ރަނގަޅުވާނެ ކަމަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments