ކޭއޭސީއެލް ފުޓްސަލް ޗެލެންޖް: އަމާޒު ހިފާފައި މި ހުރީ ސީދާ ތައްޓަށް – މަފިޓް ކޯޗު އިއްސެ

މި މުބާރާތާއި މެދު ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށާއި އަމާޒު ހިފާފައި މި ހުރީ ސީދާ ތައްޓަށް ކަމަށް މަފިޓްގެ ކޯޗު އިސްމާއީލް ޝަރީފް ބުނެފިއެވެ.

ލާމު އެމްވީއާއި ވާހަކަ ދައްކަމުން މަފިޓް ގެ ކޯޗު އިސްމާޢީލް ޝަރީފް ބުނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ލިބުނު ބޮޑު ކާމިޔާބީ އާއި އެކު އުންމީދު އާވެފައިވާ ކަމަށާއި މިވަގުތު އެންމެ ބޮޑަށް އިސްކަމެއް ދޭނީ ގްރޫޕް ސްޓޭޖުގައި ކުޅޭ ހުރިހާ މެޗެއް ވެސް ކާމިޔާބު ކޮށް މުބާރާތުގެ ސެމީއިން ޖާގަ ހޯދުން ކަމަށެވެ.

އިއްސެ ބުނީ މަފިޓް ޓީމަކީ ހުނަރުވެރި ކުޅުންތެރިންތަކެއް ތިބި ޓީމެއް ކަމަށާއި ކުޅުންތެރިންނާއި މެދު ސުވާލު އުފަންދަން އެއްވެސް ޖާގައެއް ނެތް ކަމަށެވެ. އަދި ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ތިބީ މުބާރާތް ކާމިޔާބު ކޮށް ތަށި އުފުލާލުމުގެ ވަރުގަދަ އަޒުމުގައި ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން އިއްސެ ބުނީ ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ހުރިހާ މެޗެއްގައި ވެސް %100 ދޭން ތައްޔާރަށް ތިބި ކަމަށާއި އެކަމަށް ކުޅުންތެރިންނަށް ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށެވެ.

“ ފުރަތަމަ މެޗުން ލިބުނު ކާމިޔާބީ އަކީ މުބާރާތުގެ ކުރިޔަށް ހުރި މެޗުތަކަށް ލިބުނު ބޮޑު ހިތްވަރެއް. ގްރޫޕް ސްޓޭޖުގައި ބާކީ އޮތް ދެމެޗު ވެސް ކާމިޔާބު ކޮށް ސެމީއަށް ދާ ފުރަތަމަ ޓީމަކަށް މަފިޓް ވާނެ އިންޝާﷲ. ޓީމުގެ ކުޅުންތެރިންނަށް %100 ޔަގީންކަން އެބައޮތް.“ ލާމު އެމްވީއާއި ވާހަކަ ދައްކަމުން އިއްސެ ބުންޏެވެ.

އިއްސެގެ ކޯޗު ކަމުގައި މަފިޓުން ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފައެވެ. އޮޕަރޭޝަންއާއި ދެކޮޅަށް ކުޅުނު މެޗު އެޓީމުން ކާމިޔާބު ކުރީ 0-4 ގެ ނަތީޖާއިންނެވެ.

މުބާރާތުގެ ދެވަނަ މެޗަށް މަފިޓް މިރޭ ނުކުންނާނީ މެޕްސް އެފްސީއާއި ދެކޮޅަށެވެ. މިރޭގެ މި މެޗުން މޮޅުވެއްޖެ ނަމަ މުބާރާތުގެ ސެމީއަށް ދަތުރުކުރާ ފުރަތަމަ ޓީމަށް މަފިޓް ވެގެންދާނެއެވެ. މި ދެޓީމު ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 9:00 ގައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments