ބޮޑު އީދު ފާހަގަކުރަން ބޭނުންވާ ގަމުގެ ޖަމިއްޔާތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލައިފި
Bodu eid faahaga kuran beynunvaa gamuge jamiyyathakah proposal hushahelhumah hulhuvaalaifi

ލ. ގަމު ކައުންސިލާއި ގުޅިގެން ބޮޑު އީދު ފާހަގަކުރަން ބޭނުންވާ ގަމުގެ ޖަމިއްޔާތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިިފިއެވެ.
ގަމު ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ މިއަަހަރުގެ ބޮޑު އީދު ކުލަގަދަ ގޮތެއްގައި ފާހަގަކުރުމުގެ ގޮތުން، ތަފާތު އެކިއެކި ކުޅިވަރު ހަރަކާތްތަކާއި އިޖްތިމާއީ ހަރަކާތްތައް ރަށުގެ އެކިއެކި ކްލަބް ޖަމިއްޔާ ޖަމާއަތްތައް މެދުވެރިކޮށް އެ ކައުންސިލްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިއުށް ނިންމަފައިވާކަމަށެވެ.
އެގޮތުން ރަޖިސްޓްރީކޮށްފައިވާ ކްލަބް ޖަމިއްޔާ ޖަމާއަތްތަކުން މިމަހު 12 ވަނަ ދުވަހުގެ 11:00 އަށް ގަމު ކައުންސިލް އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ގަމަކީ އާއްމުގޮތެއްގައި ކުލަގަދަކޮށް ބޮޑު އީދު ފާހަގަކުރާ ރަށެކެވެ. އީދު ފާހަގަކުރުމުގައި މީގެކުރިންވެސް އެންމެ މުހިންމު އެއް ދައުރު އަދާކުރަނީ ރަށުގެ ޖަމިއްޔާތަކާއި ޒުވާނުންނެވެ. އަދި އީދާ ދިމާކޮށް، ރަށުގެ ރައްޔިތުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން ފެނިގެންދެއެވެ.