ޖޮޒީ އެމްވީ ފުޓްސަލް ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

Jozymv Futsal Challenge gai baiverivumuge furusathu hulhuvaalaifi

ހައްދުންމަތީ ހިތަދޫގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ”ޖޮޒީ އެމްވީ ފުޓްސަލް ޗެލެންޖް 2025“ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މުޅި ލ.އަތޮޅަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތަކީ ލ.އަތޮޅުގައި ބާއްވާ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާއިރު، ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 25 ވަނަ ދުވަހެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފޯމް، ޖޮޒީ އެމްވީ ފުޓްސަލް ޗެލެންޖްގެ ފޭސްބުކް ޕޭޖުން ލިބޭނެއެވެ.

މިއަހަރުގެ މުބާރާތުގައި ބައިވެރިވުމަށް ޖުމްލަ 12 ޓީމަށް ފުރުސަތު ލިބޭއިރު، މި މުބާރާތުގައި ކުޅެވޭނީ ލ.އަތޮޅަށް ނިސްބަތްވާ ކުޅުންތެރިންނަށެވެ. ނަމަވެސް، ކޮންމެ ޓީމެއްގައި އަތޮޅުން ބޭރު ދެ ކުޅުންތެރިން ހިމެނިދާނެއެވެ.

މުބާރާތުގެ ޓީމު ލިސްޓު ހުށަހެޅުން ކުރިޔަށްދާނީ މި މަހުގެ 26 އިން ޖުލައި މަހުގެ 8 ވަނަ ދުވަހަށެވެ. މުބާރާތުގެ ގުރު ނަގާނީ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ. އަދި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 13 ވަނަ ދުވަހުއެވެ.

މި މުބާރާތަކީ ޖޮޒީގެ ފަރާތުން ބާއްވާ މިފަދަ ތިންވަނަ މުބާރާތެވެ. 2023 ވަނަ އަހަރު މުޅިން އަލަށް މި މުބާރާތް ބޭއްވިއިރު، އެ މުބާރާތުގެ ޗެމްޕިއަން ޓީމަކީ ގްރޭޓް ޖެނެރޭޝަން ސްޕޯޓްސް ކްލަބް (ޖީޖީއެސްސީ) އެވެ. އަދި މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ބްރޭވް ޖެނެރޭޝަން ސްޕޯޓްސް ކްލަބް (ބީޖީއެސްސީ) އެވެ.

މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 30000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 15000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ޖޮޒީ އިން ވަނީ ނިންމާފައެވެ.

ޖޮޒީ އަކީ ފުޅާ ދާއިރާއެއްގައި ކުޅިވަރު ވަސީލަތްތައް އެތެރެކޮށް، ވިއްކާ ކުންފުންޏެކެވެ. ހާއްސަ ގޮތެއްގައި، ޖޯޒީ ވިއްކުމުގައި އެ ކުންފުނި ކުރިއަރާފައިވާއިރު، އެއީ ކުޅިވަރު އާއިލާގެ މެދުގައި މިވަގުތު އެންމެ މަގުބޫލު އެއް ޖޯޒީ ބްރޭންޑެވެ. މީގެއިތުރުން، ޖޮޒީ އިން އަބަދުވެސް މަސައްކަތް ކުރަނީ އެންމެ އަވަހަށް ޖޯޒީ ފޯރުކޮށްދިނުން އެއީ އަމާޒެއް ކަމުގައި ދެކިގެނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments