ގަމު ކައުންސިލް ބައިބަލާ ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
Gamu Council Baibalaa Challenge gai baiverivumuge furusathu hulhuvaalaifi

ހައްދުންމަތީ ގަމު ކައުންސިލާއި ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ގަމުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ “ގަމު ކައުންސިލް ބައިބަލާ ޗެލެންޖް 2025” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ބައިވެރިވެވޭނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުލަބު ޖަމިއްޔާތަކަށެވެ. އެގޮތުން، ގަމު ކައުންސިލުން މި މުބާރާތުގައި ބައިވެރިވުމަށް ރަސްމީކޮށް ހުޅުވާލާފައިވަނީ މިރޭގެ ވަގުތެއްގައެވެ.
މި މުބާރާތް ވެގެންދާނީ ރާއްޖެތެރޭގެ ރަށެއްގައި ބާއްވާ އެންމެ ބޮޑު އެއް މުބާރާތަށެވެ. މިއަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ ޖޫން މަހުގެ ތިންވަނަ ދުވަހެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު، ގަމު ކައުންސިލްގެ ފޭސްބުކް ޕޭޖުން ލިބޭނެއެވެ. އަދި މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ ހަތްވަނަ ދުވަހުއެވެ.
މިއަހަރު ހުޅުމާލޭގައި ކުރިޔަށްދިޔަ އީދު ބައިބަލާ ޗެލެންޖަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. ގަމު ކައުންސިލާއި އެސޯސިއޭޝަންގެ އަމާޒަކީ، ކުރީ މުބާރާތެކޭ އެއްގޮތަށް، ކުލަގަދަ، ފޯރިގަދަ މުބާރާތެއް ބޭއްވުމެވެ.
ލ.އަތޮޅަކީ ގިނަ އަދަދެއްގެ ބައިބަލާ ކުޅުންތެރިން ތިބި، ބައިބަލާގައި ފާހަގަކޮށްލެވޭ އަތޮޅެކެވެ. އެގޮތުން، މިއަހަރުގެ އީދު ބައިބަލާ ޗެލެންޖުގެ ޗެމްޕިއަންކަން ހޯދި ޓީއެފްޓީ އަށްވެސް ލ.އަތޮޅަށް ނިސްބަތްވާ ގިނަ ކުޅުންތެރިންތަކެއް ކުޅުނެވެ.