ހައި ފިޝިންގް މާޔާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
Hai Fishing MAYA mas race gai baiverivumuge furusathu hulhuvaalaifi

ހައި ފިޝިންގް މާޔާ މަސްރޭސް 1446 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މުބާރާތަކީ މާބައިދޫ އޯލް ޔޫތް އެސޯސިއޭޝަން (މާޔާ) ޖަމިއްޔާ އާއި ހައި ފިޝިންގް ޓެކްލްސް ގުޅިގެން ހިންގާ މުބާރާތެކެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހު 04 ގައެވެ. މުބާރާތުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 18 ވަނަ ދުވަހުގެ ރޭ 23:59 ގެ ނިޔަލަށެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ އޮންލައިން ފޯމް ވަނީ މާބައިދޫ އޯލް ޔޫތް އެސޯސިއޭޝަން ގެ ރަސްމީ ފޭސްބުކް ޕޭޖްގައި ހިއްސާކޮށްފައެވެ.
މުބާރާތުގައި ރަޖިސްޓްރީވުމަށް ދައްކަން ޖެހޭ ފީގެ އަގަކީ 350 ރުފިޔާއެވެ. މި މުބާރާތުން އެއް ވަނަ އަށް ހޮވޭ ޓީމަކަށް 10،000 ރުފިޔާގެ ފައިސާ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، ދެވަނަ އަށް ހޮވޭ ފަރާތަަކަށް 5،000 ރުފިޔާ، ތިން ވަނަ އަށް ހޮވޭ ފަރާތަކަށް 3،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. މީގެއިތުރުން އެންމެ ދިގު މަހާއި އެންމެ ބަރު މަސް ބާނާ ފަރާތަކަށް ރަންކަރު ޖިގިންގ ސެޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށް މާޔާގެ ފަރާތުން20 ލީޓަރުގެ ޕެޓްރޯލް ދިނުމަށް ވަނީ ނިންމާފައެވެ.
މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ގުޅާނީ 3313917 ނުވަތަ 7536050 ނަމްބަރަށެވެ.