ކޭއޭސީއެލް ފުޓްސަލް ޗެލެންޖް: ސެމީގެ ފުރަތަމަ ޖާގަ ކަށަވަރު ކުރި ޓީމަކަށް މަފިޓް، މަރްޙަބާ މަފިޓް !

މިހާރު ފެށިގެން ކުރިޔަށްދާ ކެޢޭސީއެލް އިންޓަރ ޑިޕާޓްމަންޓް ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ މަފިޓުން ކަށަވަރު ކޮށްފިއެވެ.

މަފިޓުން ސެމީގެ ފުރަތަމަ ޖާގަ ކަށަވަރު ކުރީ ރޭ މެޕްސް އެފްސީ އާއި ބައްދަލުކުރި މެޗު 1-3 ގެނަތީޖާއިން ކާމިޔާބު ކޮށްގެންނެވެ.

ސެމީގެ ފުރަތަމަ ޖާގަ މަފިޓުން ހޯދިއިރު، އެޓީމުން ވަނީ ގުރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު ދެމެޗުވެސް ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ.

ރޭގެ މި މެޗުގައި މަފިޓް ޓީމަށް ލަނޑުތައް ޖަހައިދިނީ މުޙައްމަދު ސިނާޒް އަދި އަބްދުﷲ އާދިލް އެވެ. މެޕްސް އެފްސީން މި މެޗުގައި ކާމިޔާބު ކުރި ހަމަ އެކަނި ލަނޑު ޖަހައިދިނީ މުޙައްމަދު ރަޝީދުއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މަފިޓް ޓީމަށް މިރޭގެ މެޗުގައި ދެ ލަނޑު ޖަހައިދިން މުޙައްމަދު ސިނާޒްއެވެ.

ރޭ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ޑްރީމާސްއާއި އޮޕަރޭޝަންސް އެވެ. މި މެޗު 0-3 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ އޮޕަރޭޝަންސް އިންނެވެ. މިރޭގެ މެޗުން އޮޕަރޭޝަންސް މޮޅުވިއިރު، މުބާރާތުގައި އެޓީމުން ކުޅުނު ފުރަތަ މެޗުން ވަނީ ބަލިވެފައެވެ. އެއީ މަފިޓް އާއި ވާދަކުރި މެޗުންނެވެ. އެ މެޗުން އޮޕަރޭޝަންސް ބަލިވީ 0-4 ގެ ނަތީޖާއިންނެވެ. މިރޭ އޮޕަރޭޝަންސް އަތުން ބަލިވި ޑްރީމާސް ވަނީ އެޓީމުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފައެވެ. އެ މެޗުން އެޓީމު މޮޅުވީ މެޕްސް އެފްސީއާއި ވާދަކޮށް 2-3 އިންނެވެ. އެހެން ކަމުން މި ދެޓީމުން ކުރެ ކޮންމެ ޓީމަކަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފައެވެ.

އޮޕަރޭޝަންސް އަދި ޑްރީމާސް މިރޭ ބައްދަލުކުރި މެޗުގައި އޮޕަރޭޝަންސް އިން ކާމިޔާބު ކުރި ތިން ލަނޑުވެސް ޖަހައިދިނީ ހުސެއިން ރަޝީދުއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ލިބުނީ އޭނާއަށެވެ.

މިރޭ ކުޅޭނީ މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކެވެ. އެގޮތުން މިރޭ 9:00 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ މިހާތަނަށް ކުޅުނު ދެމެޗުން ވެސް މޮޅުވެ ސެމީގެ ޖާގަ ކަށަވަރުކުރި މަފިޓް އާއި ޑްރީމާސް އެވެ. އަދި މިރޭ ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ މެޕްސް އެފްސީ އާއި އޮޕަރޭޝަންސްއެވެ. މި މެޗު ފަށާނީ މިރޭ 10:00 ގައެވެ.

މި މެޗުތަކަށް ފަހު މުބާރާތުގެ ސެމީއަށް ދާ ޓީމުތައް ކަސަވަރުވެގެން ދާނެއެވެ.

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments