ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުންތައް ރިޕޯޓްކުރުމަށް ގަމު ކައުންސިލުން އެދިއްޖެ
Vihsaaraige sababun libey gehlun thah report kurumah gamu council in edhihje

ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުންތައްް ރިޕޯޓްކުރުމަށް ލ.ގަމު ކައުންސިލުން އެދިއްޖެއެވެ.
ގަމު ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ވިއްސާރައިގެ ސަބަބުން ގެއަށް ފެން ވަނުން ފަދަ ހާދިސާތައް ދިމާވާ ފަރާތްތަކުން ވީހާވެސް އަވަހަކަށް އެ އިދާރާއަށް ރިޕޯޓްކުރުމަށެވެ. އެގޮތުން، ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ފޮޓޯ އަދި ވީޑިއޯ، ގޭގެ އެޑްރެހާއި ވެރިފަރާތް އެނގޭ ގޮތަށް ކައުންސިލްގެ އިކޮނޮމިކް ސެކްޝަންގެ ނަމްބަރު 7681515 އަށް ވައިބަރ ކުރުމަށް ވަނީ އެދިފައެވެ.
މިދުވަސްވަރު ރާއްޖެއަށް ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.ރާއްޖޭގައި އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހުމާއެކު، ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.