މިއަހަރުގެ ބޮޑު އީދު ގައުމީ ފެންވަރުގައި ގަމުގައި ފާހަގަކުރަނީ

Mi aharuge bodu eid gaumee fenvarugai gamugai faahagakuranee

މިއަހަރު ބޮޑު އީދު ގައުމީ ފެންވަރުގައި ފާހަގަކުރާ ރަށްތައް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ކަނޑައަޅައިފިއެވެ.

މިއަހަރުގެ ބޮޑު އީދު ގައުމީ ފެންވަރުގައި ފާހަގަކުރަން ނިންމާފައިވާ 3 ރަށަކީ ލ.ގަން، ހއ. ކެލާ އަދި ކ. ގުރައިދޫއެވެ. ބޮޑު އީދު ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށްއެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގައެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ވިދާޅުވީ އެ ވުޒާރާއާ ގުޅިގެން މި އަހަރުގެ ބޮޑު އީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށް އެދި ހުށައެޅުމަށް ހުޅުވާލުމުން، ލިބުނު ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށްފަހުގައި ކަމަށެވެ.

ބޮޑު އީދު ފާހަގަކުރާނެ ރަށްތައް ކަނޑައަޅުމުގައި ބަލާފައިވަނީ “ގައުމީ ފެންވަރުގައި އަޟްޙާ އީދު ފާހަގަކުރާ ރަށްތައް ކަނޑައެޅުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލާ”އެއްގޮތަށް އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައަޅާފައިވާ ރަށްތަކަށެވެ.

އީދު ފާހަގަކުރުމަށް ހޮވާ ރަށްތަށް ކަނޑައެޅުމުގައި އީދުގެ ހަތަރު ދުވަހަށް ބަހާލައިގެން ކުޅިވަރުތައް ރާވާފައިވާގޮތަށާއި، އަދި އެދުވަސްތަކުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ދިވެހީންގެ ސަގާފަތް ދިރުވައި އާލާކުރުމާއި، އަންނަންއޮތް ޖީލުތަކަށް ދިވެހީންގެ ސަގާފަތް ވާސިލުކުރުމަށްޓަކައި ދިވެހި ސަގާފަތް ދައްކުވައިދޭ، ޒަމާނުއްސުރެ ދިވެހީން އީދުގައި ކުޅެއުޅުނު ކުޅިވަރުތަކުގެ ތެރެއިން ކުޅިވަރު ހިމަނާފައިވާ މިންވަރަށް ވެސް ބަލައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments