ގަމު ކައުންސިލުން ބާއްވާ ކުޑަކުދިންގެ ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
Gan council in baahvaa kudakudhinge badminton mubaaraathugai baiverivumuge furusathu hulhuvaalaifi

ކުޑަކުދިންގެ ދުވަހާއި ގުޅިގެން ލ. ގަމު ކައުންސިލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހު 21 އިން 26 ގެ ނިޔަލަށެވެ. މިއީ ޑަބަލްސް އަށް އެކަނި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.
މުބާރާތުގައި ބައިވެރިވެވޭ އުމުރުފުރާތައް:
ކީސްޓޭޖް 2 ފިރިހެން
ކީސްޓޭޖް 2 އަންހެން
ކީސްޓޭޖް 3 ފިރިހެން
ކީސްޓޭޖް 3 އަންހެން
ކީސްޓޭޖް 4 ފިރިހެން
ކީސްޓޭޖް 4 އަންހެން
މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މިމަހުގެ 20 ވަނަ ދުވަހުގެ 12:00 އެވެ.