މާމެންދޫގައި އިންތިހާއަަށް ހުވަނި އިތުރުވެ، ހުވަނި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފަށައިފި
Maamendhoogai inthihaa ah huvani ithuruve, huvani control kurumuge massakaiy fashaifi

ލ. މާމެންދޫގައި އިންތިހާއަށް ހުވަނި އިތުރުވެ، ހުވަނި ކޮންޓްރޯލް ކުރުމުގެ މަސައްކަތް މާމެންދޫ ކައުންސިލުން ފަށައިފިއެވެ.
ކައުންސިލްގެ ރައީސް ހަސަން ރަމީޒް ވިދާޅުވީ، އެރަށުގެ ގިނަ ގަސްތަކުގައި ހުވަނި އަޅާފައިވާ ކަމަށާއި ކައުންސިލުން ހުވަނި އަޅާފައިވާ ގަސްތަަކަށް ކެމިކަލް ބޭހެއް ޖަހަމުން ގެންދާ ކަމަށެވެ. ބޭސް ޖަހާފައި ހުންނަ ގަސްތައް ފާހަގަވާނޭހެން ނޯޓިސް ހަރުކޮށްފައި ހުންނާނެ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. ހުވަނި ގިނަވެގެން ގޮސް، އެރަށުގެ ގިނަ ގަސްތައް ވެސް މިހާރު ވަނީ ކޮށާލާފައެވެ.
ހުވަންޏަކީ ހޫނުގަދަ ދުވަސްވަރުގައި ބައެއް ވައްތަރުގެ ގަސްގަހުގައި އަޅާ ކުޑަ ފަންޏެކެވެ. ހަންގަނޑުގައި ހުވަނި ޖެހުމުން ދިމާވާ ސިއްހީ މައްސަލަތަކުގެ ތެރޭގައި ހަންގަނޑު ރަތްވުން، ހަންގަނޑު ހިރުވުން އަދި ގައިގައި ފިތްގަނޑު ނެގުން ހިމެނެއެވެ.