ކޭއޭސީއެލް ފުޓްސަލް ޗެލެންޖް: ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅެ ނިމުނު އިރު، ސެމީ އިން ޖާގަތައް ކަށަވަރު ކުރީ މަފިޓް، ޑްރީމާސް އަދި އޮޕަރޭޝަންސް

މިހާރު ކުރިޔަށް ދާ ކޭއޭސީއެލް އިންޓަރ ޑިބާޓްމަންޓް ފުޓްސަލް ޗެލެންޖްގެ ގުރޫޕް ސްޓޭޖުގެ މެޗުތައް ނިމި މުބާރާތުގެ ސެމީ ފައިނަލަށް ދިޔަ ޓީމުތައް ކަށަވަރުވެއްޖެއެވެ.

މި މުބާރާތުގައި ރޭ ކުޅުނީ ގްރޫޕް ސްޓޭޖުގެ އެންމެ ފަހު ދެމެޗެވެ. ރޭގެ ފުރަތަމަ މެޗުގައި މަފިޓް އަދި ޑްރީމާސް ވާދަކުރިއިރު، މ މެޗު 0-1 ގެ ނަތީޖާއިން ކާމިޔާބު ކުރީ ޑްރީމާސްއެވެ. އަދި ދެވަނަ މެޗުގައި އޮޕަރޭޝަންއާއި މެޕްސް އެފްސީ ވާދަކުރި އިރު، މި މެޗު 2-6 ގެ ނަތީޖާއިން ކާމިޔާބު ކުރީ އޮޕަރޭޝަންސް އިންނެވެ.

މި މެޗުތަކަށް ފަހު މުބާރާތުގެ ސެމީއިން ތިން ޓީމަށް ފުރުސަތު ލިބުނުއިރު، ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެވި މުބާރާތުން ވަކިވާން ޖެހުނު ޓީމަކީ މެޕްސް އެފްސީ އެވެ. އެޓީމު ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް ބަލިވެފައެވެ.

ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅެ ނިމުނުއިރު އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދިޔައީ މަފިޓްއެވެ. ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ގޮސްފައިވަނީ އޮޕަރޭޝަންސް އެވެ. އަދި ތިންވަނަ ޓީމުގެ ގޮތުގައި ސެމީއިން ޖާގަ ހޯދާފައިވަނީ ޑްރީމާސްއެވެ.

ސެމީއަށް ދިޔަ ތިން ޓީމަށް ވެސް ހަމަހަމައަށް ޕޮއިންޓް ލިބިފައިވާއިރު، މަފިޓަށް ތާވަލްގެ އެއްވަނަ ލިބުނީ ފައިދާ ގޯލުގެ ތަފާތުންނެވެ. އެއީ ދެވަނައަށް ދިޔަ އޮޕަރޭޝަންސް އަށް ވުރެ ދެ ގޯލު ކުރި ލިބިގެންނެވެ.

ޓީމް މަފިޓް (1)

ކުޅުނު މެޗުގެ އަދަދު – 3

ލިބުނު ޕޮއިންޓް :6

ޖެހި ގޯލުގެ އަދަދު :7

ބައިކޮޅަށް ވަތް ގޯލުގެ އަދަދު :2

ފައިދާ ގޯލް :5

ޓީމް އޮޕަރޭޝަންސް (2)

ކުޅުނު މެޗުގެ އަދަދު – 3

ލިބުނު ޕޮއިންޓް :6

ޖެހި ގޯލުގެ އަދަދު :9

ބައިކޮޅަށް ވަތް ގޯލުގެ އަދަދު :6

ފައިދާ ގޯލް :3

ޓީމް ޑްރީމާސް (3)

ކުޅުނު މެޗުގެ އަދަދު – 3

ލިބުނު ޕޮއިންޓް :6

ޖެހި ގޯލުގެ އަދަދު :4

ބައިކޮޅަށް ވަތް ގޯލުގެ އަދަދު :5

މައިނަސް ގޯލް :1-

މި މުބާރާތުގެ ސެމީގެ މެޗުތަކުގެ ކުޅުން އޮންނާނީ މާދަމާރޭގައެވެ. ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މަފިޓް އާއި އޮޕަރޭޝަންސްއެވެ. އެއީ ތާވަލްގެ އެއްވަނަ އަދި ދެވަނަ ޓީމެވެ. ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ މަފިޓް އަދި އޮޕަރޭޝަންސް ބައްދަލުކުރާ މެޗުން ބަލިވާ ޓީމަކާއި ތިންވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދިޔަ ޑްރީމާސް އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments