ގަމު ކައުންސިލް ބައިބަލާ ޗެލެންޖުގެ މީޑިއާ ޕާޓްނަރަކަށް ލާމުއެމްވީ
Gamu council baibalaa challenge ge media partner akah laamu mv

ހައްދުންމަތީ ގަމު ކައުންސިލާއި ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ގަމުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ”ގަމު ކައުންސިލް ބައިބަލާ ޗެލެންޖް 2025“ ގެ މީޑިއާ ޕާޓްނަރަކަށް ލާމު އެމްވީ ހަމަޖައްސައިފިއެވެ.
މި އެއްބަސްވުމުގެ ދަށުން، ބައިބަލާ ޗެލްންޖުގެ ހުރިހާ އަދާހަމައެއް ލާމު އެމްވީ އިން ގެނެސްދޭނެއެވެ. މި މުބާރާތް ވެގެންދާނީ ރާއްޖެތެރޭގެ ރަށެއްގައި ބާއްވާ އެންމެ ބޮޑު އެއް މުބާރާތަށެވެ.
މިއަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ ޖޫން މަހުގެ ތިންވަނަ ދުވަހެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު، ގަމު ކައުންސިލްގެ ފޭސްބުކް ޕޭޖުން ލިބޭނެއެވެ. އަދި މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ ހަތްވަނަ ދުވަހުއެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ބައިވެރިވެވޭނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުލަބު ޖަމިއްޔާތަކަށެވެ.