ރިދަމްގެ “މާކުންބެ” ލަވަ އެންމެނަށް ވެސް ވަރަށް ކަމުގޮއްސި!

Rythm ge "Maakunbe" lava enmenah ves varah kamu gossi!

ރިދަމް ބޮޑުބެރު ގުރޫޕް އިން ބޮޑުބެރު އެކްސްޕޯގައި ހުށަހަޅައިދިން “މާކުންބެ” ލަވަ އެންމެނަށް ވެސް ވަރަށް ކަމުގޮއްސިއެވެ.

ރިދަމްގެ “މާކުންބެ” ލަވައަކީ ގްރޫޕްގެ ލީޑް ބެރު ޖެހުންތެރިޔާ އަބްދުﷲ ހަމްޒާންގެ އުފެއްދުމެކެވެ. މި ލަވައަކީ އަމިއްލަ ރާގު އަދި އަމިއްލަ ޅެމެއް ކަމަށްވާއިރު، މި ލަވަ ވެގެންދާނީ 1 ލަވައަކަށް މުބާރާތުގައި މިހާތަނަށް އެންމެ ގިނަ މާކުސް ލިބުނު ލަވައަށެވެ. ރިދަމް އިން ބުނަނީ ކުރިއަށް ހުރީ ވެސް އަމިއްލަ އުފެއްދުންތައްް ކަމަށާއި މިރޭ ހިތްގައިމު “ނަލަަ” ލަވައެއް ފެނިގެންދާނެ ކަމަށެވެ.

ހުރިހާ ގްރޫޕްއަކުން ވެސް ރޭ ހުށަހަޅައިފައިވަނީ “ބަބުރު” ލަވައެވެ. މިރޭ ހުށަހެޅުމަށް ހަމަޖެހިފައިވަނީ “ނަލަ” ލަވައެވެ. ރިދަމްގެ “މާކުންބެ” ލަވައަށް ޖަޖުން ދިން ޕޮއިންޓާއެކު، އެ ގްރޫޕުން ވަނީ 2 ވަނަ އަށް ޖެހިލާފައެވެ. އެއް ވަނައިގައި އޮތީ 1438 ބޮޑުބެރު ގުރޫޕެވެ.

މުބާރާތުގައި ގްރޫޕްތަކުން ހުށަހަޅާ ލަވަތަކަށް، ވޯޓުލުމުގެ ފުރުސަތު މިހާރު ވަނީ އާންމުންނަށް ހުޅުވާލެވިފައިވާއިރު، ޕީއެސްއެމް އެއަރ މެދުވެރިކޮށް ރިދަމް ބޮޑުބެރު ގުރޫޕް އަށް ވޯޓުލެވޭނެއެވެ. ޕީއެސްއެމް އެއަރ އެޕް ފޯނަށް ޑައުންލޯޑުކުރެވޭނެއެވެ. ތިން ޓީމު ފައިނަލުގައި ވާދަކުރާއިރު، އޭގެ ތެރެއިން ދެ ޓީމު ފައިނަލަށް ދަތުރުކުރާނީ ފަނޑިޔާރުންގެ މާކުހުންނެވެ. އަދި ފައިނަލުގެ ފަހު ޖާގަ ލިބޭނީ، ބެލުންތެރިންގެ މެދުގައި އެސްއެމްއެސް ކޮށްގެން، އެންމެ ގިނަ ވޯޓު ލިބޭ ގުރޫޕަކަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments