ބޮޑުބެރު ޗެލެންޖުގެ ފަހުރުވެރި 3 ވަނަ ރިދަމް ބޮޑުބެރު ގުރޫޕް އިން ކާމިޔާބުކޮށްފި

Boduberu challenge ge fahuruveri 3 vana Rhythm boduberu group in kaamiyaabu kohfi

”ބޮޑުބެރު ޗެލެންޖު 2025“ފަހުރުވެރި 3 ވަނަ ރިދަމް ބޮޑުބެރު ގްރޫޕް އިން ކާމިޔާބުކޮށްފިއެވެ.

މުޅި މުބާރާތުގެ 1 ވަނަ 1438 ބޮޑުބެރު ގްރޫޕް އިން ކާމިޔަބުކޮށްފައިވާއިރު ދެވަނައަށް ދިޔައީ ހޭވައްލާ އެވެ.

މުޅި މުބާރާތުގެ ފަހުރުވެރި 3 ވަނަ ރިދަމް އިން ހާސިލްކޮށްފައިވާއިރު، މުޅި މުބާރާތުގެ އެންމެ ފުރިހަމަ ޒުވާބު ކިޔާފައިވާ ޓީމަކަށް ހޮވުނީ ވެސް ރިދަމް އެވެ. އަދި މުޅި މުބާރާތުގައި އެންމެ ގިނަ ހުނަރު ދެއްކި ބައިވެރިޔަކަށް ހޮވިފައިވަނީ ރިދަމް ބޮޑުބެރު ގްރޫޕްގެ ލީޑް ވޯކަލިސްޓް މުހައްމަދު އަފްސަރު ( ދަތްޕި) އެވެ.

ރިދަމް ބޮޑުބެރު ގްރޫޕް އިން 3 ވަނަ އަށް ހޮވުމުން، އިނާމުގެ ގޮތުގައި 25،000 ރުފިޔާ ވަނީ ހަވާލުކޮށްފައެވެ.

ރިދަމް އިން މުބާރާތުގެ ފައިނަލް އާ ހަމައަށް ދަތުރުކޮށް ފަހުރުވެރި 3 ވަނަ ހޯދާފައިވާއިރު، އެހެން ގްރޫޕްތަކާއި ހިލާފަށް ރިދަމްއިން ހުށަހަޅައިދީފައިވަނީ އެ ގްރޫޕްގެ އަމިއްލަ ލަވަތަކެވެ. ރިދަމް މުބާރާތުގައި ހުށަހެޅި ހުރިހާ ލަވައެއްގެ ރާގާއި ޅެން ހަދާފައިވަނީ އެ ގްރޫޕްގެ ލީޑް ބެރުޖެހުންތެރިޔާ އަބްދުﷲ ހަމްޒާން (ހަމްބެ) އެވެ.

ރިދަމްގެ ކޮންމެ ހުށަހެޅުމަކީވެސް ޖަޖުންނާއި ބެލުންތެރިން އާޝޯހު ކުރުވި ހިތްގައިމު ހުށަހެޅުންތަކެކެވެ. މުބާރާތުގައި ފައިނަލްއާ ހަމައަށް ދަތުރުކުރުމަކީ ރިދަމްގެ އަމާޒެކެވެ.  ރިދަމް އިން މިވަނީ އުއްމީދާ އަށް ހަމައަށް ވާސިލްވެ، މުޅި ލާމު ފަހުރުވެރިކޮށްލާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments