ލަސާ އެކެޑެމީގެ 5 ކޯޗުން އޭއެފްސީ ”ސީ“ ލައިސަންސް ކޯސް ފުރިހަމަކޮށްފި
LASA academy ge 5 coach in AFC "C" License course furihama kohffi

ލާމު އެޕެކްސް ސްޕޯޓްސް އެކެޑެމީ (ލަސާ) އެކެޑަމީގެ 5 ކޯޗުން އޭއެފްސީ “ސީ” ލައިސެންސް ކޯސް ފުރިހަމަކޮށްފިއެވެ.
އޭއެފްސީ ލައިސެންސް ކޯސް ފުރިހަމަ ކުރީ އަހުމަދު އަރީފް، އަހުމަދު އުޝާމް، ޝާވީ އަބްދުލް ގާދިރު، މުހައްމަދު ނިޝާހު އަދި ބައްސާމްއެވެ.އޭއެފްސީގެ އެހީތެރިކަމާއެކު ފުޓުބޯޅަ އެސޯސިއޭޝަން އިން އިންތިޒާމުކޮށްގެން ލ.ފޮނަދޫގައި ބޭއްވި މި ކޯހަކީ 15 ދުވަހުގެ ކޯހެކެވެ. ލަސާ އިން ބުނީ މި ކާމިޔާބީގެ ސަބަބުން ޒުވާން ފުޓްބޯޅަ ހުނަރުވެރިން ތަރުބިއްޔަތު ކުރުމަށް ފަސޭހަވެގެންދާނެކަމަށާއި މި ކާމިޔާބީ އަށްޓަކައި ލަސާއިން ފަހުރުވެރިވާ ކަމަށެވެ.
ލަސާ ފުޓްބޯޅަ އެކެޑަމީއަކި މުޅި ލާމުގައި އޮތް އެންމެެ ބޮޑު ފުޓްބޯޅަ އެކެޑަމީއެވެ.ލަސާގެ ފުޓުބޯޅަ އެކަޑަމީގަައި މިވަގުތު 160 ކުދިން އެބަތިއްބެވެ.