ހަބޭސްގެ ޝޯއެއް މި މަހުގެ 11 ވަނަ ދުވަހު ގަމުގައި!
Habeys ge show eh mi mahuge 11 vana dhuvahu gamugai!

ރާއްޖޭގެ މަޝްހޫރު އަދި އެންމެ ފޭން ބޭސް ބޮޑު ހަބޭސް ބޮޑުބެރު ގްރޫޕްގެ ޝޯއެއް މިމަހުގެ 11 ވަނަ ދުވަހު ލ.ގަމުގައި ބޭއްވުމަށް ނިންމައިފިއެވެ.
ހަބޭސްގެ ޝޯ ޖެހުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 ވަނަ ދުވަހުގެ ރޭ ގަމު ތުނޑީ ސްޓޭޖްގައެވެ.
ހަބޭސް ބޮޑުބެރު ގްރޫޕް އިން ގަމުގައި ޝޯވް ބާއްވާއިރު، މިފަހަރު ގަމު ކައުންސިލް ބައިބަލާ ޗެލެންޖުގެ އެންޓަރޓެއިންމެންޓް ޕާޓްނަރަކީވެސް ހަބޭސް ބޮޑުބެރު ގްރޫޕްއެވެ. ރާއްޖޭގައި ބާއްވާ ބޮޑެތި އިވެންޓްތަކާއި ހަފްލާތައް އަދި ހަރަކާތްތައް ހަބޭސްގެ ހުށަހެޅުންތައް ހުށަހަޅާއިރު، ހަބޭސް އަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ޑިމާންޑް ބޮޑުއެއް ބޮޑުބެރު ގްރޫޕެވެ.