ގަމުގައި މަސްހިފަން ގޮސް އުޅުން މީހަކު ގެއްލިގެން ހޯދަނީ

Gamugai mashifan gos ulhunu meehaku gehligen hoadhanee

ލ.ގަމުގައި މަސްހިފަން ގޮސް އުޅެނިކޮށް ގެއްލިގެން މީހަކު ހޯދަން ފަށައިފިއެވެ.

މިކަމާ ގުޅިގެން ގަމު ކައުންސިލުން ބުނީ މިއަދު ހެނދުނު ބަޔަކާ އެކުގަ މަހަކަންފުށި ކައިރިއަށް ދާ ޖަހަގެން މަސް ހިފަން ދިޔަ އަބުދުލްސަމަދު މުހައްމަދު (ސަމަދު) ތުނޑީ ފެސްފަރީ ލ.ގަން ،ގެެއްލިގެން ހޯދުމުގެ މަސައްކަތް ކުރިޔަށް އެބަދާ ކަމަށެވެ. މިކަމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ގަމު ކައުންސިލުން ވަނީ އެދިފައެވެ.

މިކަމާއި ގުޅިގެން ލާމުއެމްވީ އަށް މައުލޫމާތު ދިން ފަރާތަކުން ބުނީ މަހަކަންފުށި ކައިރިން ދާ ޖަހައިގެން މަސްހިފަން އުޅުނު މީހާ ގެއްލުނު ގަޑިއެއް ސީދާ ނޭނގޭ ކަމަށާއި މީހަކު ގެއްލިގެން ހޯދާ ކަން އިނގުނީ ދާ ޖަހައިގެން މަސްހިފަން ގޮސް އުޅުނު މީހުންގެ ތެރެއިން ދެތިން މީހަކު ބަނދަރުމަތީގައި ތިބުމުން ސުވާލު ކުރުމުން ކަމަށެވެ.

އަދި އެމީހުންނަށް ސަމަދު ނެތްކަން އެނގުނީ ދާ ޖަހައިގެން މަސްހިފަން ތިބެފައި ގޮވާލުމުން، ހަބަރެއް ނުވުމުން ކަމަށާއި އެހިސާބުން ސަމަދު ހޯދުމުގެ މަސަައްކަތް ކުރި ކަމަށެވެ. އެމީހުން ރަށަށް އައިސް މައުލޫމާތު ދިނުމުން މިހާރު ޑިންގީތަކުގައި ސަމަދު ހޯދުމަށް މީހުން ވަނީ ފުރާފައެވެ. ގެއްލިގެން ހޯދަމުން ދަނީ އުމުރުން 65
އަހަރުން މަތީ މީހެކެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments