މާލި ޕެރޭޑް ހިމެނޭހެން ފޯރިގަދަ ހަރަކާތްތަކާއެކު ގަމު “މާހިންނަ އީދު ކުޅިވަރު” ޝެޑިއުލް އާންމުކޮށްފި
Maali parade himeneyhen foari gadha harakaaiy thakaaeku maahinna eid kulhivaru shedule aanmukohfi

މާލި ޕެރޭޑް ހިމެނޭހެން ފޯރިގަދަ ހަރަކާތްތަކާއެކު ލ.ގަމު “މާހިންނަ އީދު ކުޅިވަރު” ޝެޑިއުލް އާންމުކޮށްފިއެވެ.
މާހިންނަ އީދު ކުޅިވަރުތައް ހަތަރު ދުވަހަށް ބަހާލައިގެން ކުރިއަށްގެންދާއިރު، މިރޭ 20:30 ގައި އީދު ކެއުން އޮންނާނެއެވެ.
އީދު ފުރަތަމަ ދުވަހު، އީދުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ގަސްރޯކުރުމަށް ވަނީ ހަމަޖެހިފައެވެ. ގަސްރޯކުރާނީ އެދުވަހު ފަތިހު 05:30 ގައެވެ. އެއަށްފަހު އީދު ނަމާދަށްފަހު ހެނދުނު 10:00 ގައި ފެންކުޅުމުގެ ހަރަކާތްތައް ފެށޭނެއެވެ. ސުވާ މުބާރާތެއް ހަވީރު ބޭއްވުމަށް ހަމަޖެހިފައިވައިވާއިރު، ރޭގަނޑު އޮތީ ވޮލީ މުބާރާތެކެވެ.
އީދު ދެވަނަ ދުވަހުގެ ހަރަކާތްތައް:
ވޮލީ މުބާރާތް (07:00)
ފައިގަތަޅާ (10:00)
ކިޑްސް ގޭމް (13:00)
ބަށި މެޗު (16:30)
އީދުގެ ތިންވަނަ ދުވަހުގެ ހަރަކާތްތައް:
ފައިގަތަޅާ (08:00)
މާލި ޕެރޭޑަށް ތައްޔާރުވުން (13:00)
މާލި ޕެރޭޑް (16:00)
އީދުގެ އެންމެ ފަހުގެ ދުވަހު މާހިންނަ އީދު ކުޅިވަރު ތެރޭގައި ހިމެނެނީ އެދުވަހު ހެނދުނު ބޭއްވުމަސް ހަމަޖެހިފައިވާ ކުއްލި ރޭހާއި، މެންދުރު ތިން މުގޯލި ކުޅުމެވެ.