ހުޅުބަޑި ޖެހުމާއި މާލި އެރުން ހިމެނޭހެން “ކަލައިދޫ އީދު ފޯރި” ގެ ހަރަކާތްތައް އާންމުކޮށްފި
Hulhubadi jehumaai maali erun himeneynhen "kalaidhoo eid foari" ge harakaaiythah aanmukohfi

ހުޅުބަޑި ޖެހުމާއި މާލި އެރުން ހިމެނޭހެން ލ.ކަލައިދޫ އީދު ފޯރި ގެ ހަރަކާތްތަށް އާންމުކޮށްފިއެވެ.
އެގޮތުން މިރޭ 21:00 ގައި އީދު ހުޅުބަޑި ޖެހުމަށް ނިންމާފައިވާިއރު، ފުރަތަމަ އީދު ދުވަހު އީދު ނަމަދަށްފަހު، އީދުގެ ހާއްސަ ސައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއަށްފަހު ސަލާމް ކުރުމާއި ފޮޓޯ ނެގުމަށް ހަމަޖެހިފައިވާއިރު އެދުވަހު ހަވީރު ކުޑަކުދިން އަދި އިސްރަށްވެހިންގެ ހަވީރެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.
ދެވަނަ ދުވަހުގެ ހަރަކާތްތައް:
10:00- ކުއްލި ކުޅިވަރުތައް
16:00- ކުޑަކުދިންގެ މާލި ޕެރޭޑް
16:30- ކުދި ކުޅިވަރުތައް (ރިލޭ ރޭސް)
ތިންވަނަ ދުވަހުގެ ހަރަކާތްތައް:
10:00- ކުއްލި ކުޅިވަރުތައް
20:00- ބޮޑުމަސް/ މާލި އެރުން
އީދުގެ ހަތަރުވަނަ ދުވަހު ހަވީރު މަސްރޭހެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އޭގެ އަނެއް ދުވަހު ރަށު ރައްޔިތުންނަށް ބާބެކިއު އެއް ބޭއްވުމަށް ވެސް ވަނީ ރާވާފައެވެ.