ބޮޑުބެއް ޖެހުމާއި ކެނޯރޭސް ހިމެނޭހެން “މާބާއިދޫ އީދަ ކޮޅި” ޝެޑިއުލްގައި ފޯރިގަދަ ހަރަކާތްތަކެއް!
Bodubeh jehumaa canoe race himeneyhen "maabaidhoo eid kolhi" schedule gai foarigadha harakaaiythakeh!

ބޮޑުބެއް ޖެހުމާއި ކެނޯ ރޭސް ހިމެނޭހެން “މާބާއިދޫ އީދަ ކޮޅި” ފޯރިގަދަ ހަރަކާތްތަކާއެކު އާންމުކޮށްފިއެވެ.
އެގޮތުން، މިއަދު ހަވީރު މާލި ޕެރޭޑް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިރޭ ކަނބަލުންގެ ޕެރޭޑް އަދި ބޮޑުބެއް ޖެހުމަށް ވަނީ ނިންމާފައެވެ.
އީދުގެ ފުރަތަމަ ދުވަހު، ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށްފަހު އީދު ސައި އޮންނާނެއެވެ. އަދި އެދުވަހު ހަވީރު ކުޑަކުދިންގެ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އީދު ފުރަތަމަ ދުވަހުގެ ރޭ އީދުވެދުމާ ދިއުމަށް ވަނީ ނިންމާފައެވެ. އެދުވަހު މެންދުރު 13:30 ގައި”ބޮޑުކޭން” އޮންނާނެއެވެ. އަދި އެދުވަހުގެ ފަހު ހަރަކާތަކަށް “އީދު ޝޯ- އެކްސްޓްރީމް ލެވެލް” ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ދެވަނަ ދުވަހުގެ ހަރަކާތްތައް ފަށާނީ އަންހެނުން އަދި ފިރިހެނުންގެ ބަށި މެޗަކުންނެވެ. އެއަށްފަހު ވާދެމުމާއި ކުދި ކުޅިވަރުތައް ހެނދުނުގައި އޮންނާނެއެވެ. މެންދުރު ފިރިހެނުންގެ ހަރުބީ އޮންނައިރު، ދެވަނަ ދުވަހުގެ ރޭ ވެސް އީދު ޝޯ ބޭއްވުމަށް ވަނީ ނިންމާފައެވެ.
އަށް ވަނަ ދުވަހުގެ އީދު ހަރަކާތްތަށް ފަށާނީ ހެނދުނު 08:30 ގައި އޮންނަ ކެނޯ ރޭސް އިންނެވެ. އެއަށްފަހު ހެނދުނު އިޑު ކުޅިވަރުތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެދުވަހު މެންދުރު އޮންނާނީ އަންހެނުންގެ ހަރުބީއެވެ. އެދުވަހު ހަވީރު ކޯޑި ޖެހުމަށް ހަމަޖެހިފައިވާއިރު، އެދުވަހުގެ ރޭ ވެސް އީދު ޝޯ އޮންނަނެއެވެ.
އީދުގެ އެންމެ ފަހު ދުވަހު، ހެނދުނު އޮންނާނީ ކޯޑި ކުޅިވަރެވެ. އެއަށްފަހު އޮތީ ކަނބަލުންގެ ތިންމުގޯއްޔެވެ. އަދި ފަހުގެ ހަރަކާތެއްގެ ގޮތުގައި އޮތީ އީދުގެ ހަތަރުވަނަދހުވަހުގެ ރޭ ބޮޑުމަސް ދުއްވުމެވެ.