ބީޗް ފެސްޓިޗަލް ހިމެނޭހެން ގަމު “މަތިމަރަދޫ އީދަ މަޖާ” ތާވަލުގައި ފޯރިގަދަ ހަރަކާތްތަކެއް!
Beach festival himeneyhen gamu "mathimaradhoo eid majaa" thaavalugai foari gadha harakaaiythakeh!

ބީޗް ފެސްޓިވަލް ހިމެނޭހެން ގަމު “މަތިމަރަދޫ އީދަ މަޖާ” ފޯރިގަދަ ހަރަކާތްތަކާއެކު، ތާވަލު އާންމުކޮށްފިއެވެ.
އެގޮތުން، އީދަ ނަމާދަށްފަހު، އީދު ސައެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އީދު ދުވަހު ހެނދުނު ވަންޑޭ ކަޕް އެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އެއަށްފަހަރު ހަވީރު ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ހަވީރުގައި ގޯނި ރޭސް، ދަޅުވެއްޓުން ފަދަ ތަފާތު ކުޅިވަރުތައް ކުރިއަށްދާނެއެވެ. މި ހަރަކާތްތައް ކުރިއަށްދާނީ މަތިމަރަދޫ ސްޓޭޖް ސަރަހައްދުގައެވެ.
ދެން އީދު ދުވަހުގެ ރޭ އޮތީ ކުޑަކުދިންގެ ވަންޑޭ ކަޕްއެކެވެ. މި ކަޕް ކުރިއަށްދާނީ މަތިމަރަދޫގެ ފުޓްސަލް ދަނޑުގައެވެ.
އީދު ދެވަނަ ދުވަހު ބީޗްފެސްޓިވަލްއެއް ބޭއްޗުމަށް ވަނީ ހަމަޖެހިފައެވެ. ބީޗް ފެސްޓިވަލްގެ ހަރަކާތްތައް ކުރިއަށްދާނީ ބޮޑަމަގަ އަތިރީގައެވެ. އެއަށްފަހު މެންދުރުފަހު ކުރިއަށްދާނީ ގޮނޑި ބޯޅަ، ފޯލި އަދި ތިންމުގޯލި ކުޅުމެވެ.
ތިންވަނަ ދުވަހު އޮންނާނީ ވާދެމުމާއި، ކޯޑީގެ ކުޅިވަރުތަކެވެ. މެންދުރު ކޯޑި ހެދުމަށް ހަމަޖެހިފައިވާއިރު، ކޯޑި ކުޅޭނީ ހަވީރުގައެވެ. އެރޭ 20:30 ގައި ކޯޑީގެ ޝަރީއަތް ބޭއްވުމަށް ނިންމާފައިވާއިރު އެރޭ ޝޯ އެއް ވެސް އޮންނާނެއެވެ.
އީދު އެންމެ ފަހު ދުވަހު އަންހެނުންގެ ވަންޑޭ ކަޕްއެއް ބޭއްވުމަށް ނިންމާފައިވާއިރު، އަޅުދެލި ކުރަހާ ގަން ހިންގުން ކުރިއަށްދާނެއެވެ. އެންމެ ފަހު ހަރަކާތެއްގެ ގޮތުން، އީދު ދުވަހު ހަވީރު ކޯޑި ކެނޑި މީހާ ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.