ރާއްޖޭގެ މަގުބޫލު “ބާބާ ގާޑިޔާ” ލާމު ގަމަށް!
Raajjeyge ge maguboolu "Baabaa Gaadiya" Laamu gamah!

ރާއްޖޭގެ މަގުބޫލު “ބާބާގާޑިޔާ” ލާމު ގަމަށް އަތުވެއްޖެއެވެ.
ބާބާގާޑިޔާގެ ރަސްމީ ފޭސްބުކް އުކައުންޓްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ “ބާބާ ގާޑިޔާގެ ރަހަތަށް ބެލުމަށް ލާމު އަތޮޅުން ކެތްމަދުވެފައިވާ ރައްޔިތުންނަށް އުފާވެރި ހަބަރެއް. މިރޭ ލާމު ގަމުގައި އޮންނަ ބައިބަލާ މެޗް ކުޅޭ ތަނުގައި ބާބާ ގާޑިޔާގެ ޝަވަރުމާގެ ރަހަތަށް ލިބެން ހުންނާނެ ވާހަކަ ދަންނަވަން.”
ބާބާ ގާޑިޔާގެ އެންމެ މަޝްހޫރު ރަހައަކީވެސް ޝަވަރުމާއެވެ.
ބާބާ ގާޑިޔާ އަކީ ފުވައްމުލަކަށް ނިސްބަތްވާ ހަސަން އަތީގް (ބާބާ) ހިންގާ ގާޑިޔަލެކެވެ. އަތީގް ފުރަތަމަ ބާބާ ގާޑިޔާ ފުވައްމުލަކުގައި ހިންގަން ފެށިއިރުވެސް، ބާބާ ގާޑިޔާ އަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ. މި ގާޑިޔާގެ މަގުބޫލުކަން އިތުރުވީ މިދިޔަ މަހު މާލޭގައި ބޭއްވި ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުންނެވެ. މި މައުރަޒުގައި ބައިވެރިވެ ބާބާ ގާޑިޔާއިން ވަނީ ހަތަރުލައްކާ ރުފިޔާ ހޯދާފައެވެ،