މުކުރިމަގު އަންޑަގްރައުންޑާއި ފިނޮޅުގެ ވަރުގަދަ ފެށުން ކުރިޔަށް

Mukurimagu Underground aai Finolhuge varugadha feshun kuriyah

މިހާރު ކުރިޔަށްދާ ގަމު ކައުންސިލް ބައިބަލާ ޗެލެންޖުގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް، މުކުރިމަގު އަންޑަގްރައުންޑާއި ފިނޮޅު ސްޕޯޓްސް ކްލަބުން ވަރުގަދަ ފެށުން ދަމަހައްޓައިފިއެވެ.

މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހައި މެޗަކުން މޮޅުވި ހަމައެކަނި ދެ ޓީމަކީ މުކުރިމަގު އަންޑަގްރައުންޑާއި ފިނޮޅު އެސްސީ އެވެ. މިރޭ މި ދެ ޓީމު ބައްދަލުކޮށްގެން މޮޅުވާ ޓީމަކަށް ފައިނަލުން ޖާގަ ލިބޭނެއެވެ.

މުކުރިމަގު އަންޑަގްރައުންޑުން ވަނީ ރޭ ސީދާ ދެ ގޭމުން މުކުރިމަގު ނިއު ޖެނެރޭޝަން ބަލިކޮށްފައެވެ. އަދި ފިނޮޅުން ވަނީ ސީދާ ދެ ގޭމުން ވަރުގަދަ ގޯޅި ސްޕޯޓްސް ކްލަބް ބަލިކޮށްފައެވެ.

ރޭގެ އިތުރު މެޗުތަކަށް ބަލާއިރު، ޔުނައިޓެޑް ފިނޮޅުން ވަނީ ދެ މެޗުން މޮޅުވެ، އުއްމީދު އައުކޮށްފައެވެ. ފުރަތަމަ މެޗުގައި އެ ޓީމު ނިކުތީ ބެސްޓް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. ކޮންމެ ޓީމަކުން އެއް ގޭމު ކާމިޔާބުކުރުމާއެކު، މެޗު ވަނީ ގަދަ ހިފުމަކަށް ގޮސްފައެވެ. ގަދަ ހިފުމުގައި ޔުނައިޓެޑް ފިނޮޅުން ވަނީ ދެ ގޭމު ކާމިޔާބުކޮށް، މެޗުން މޮޅުވެފައެވެ. މި މެޗުން މޮޅުވުމާއެކު، ޔުނައިޓެޑް ފިނޮޅު ދެން ކުޅެން ޖެހުނީ ތުނޑި ނިއު ޖެނެރޭޝަން އާއެވެ. ޔުނައިޓެޑް ފިނޮޅުން ވަނީ ފަސޭހަ ކަމާއެކު ސީދާ ދެ ގޭމުން ތުނޑި ނިއުޖެނެރޭޝަން ބަލިކޮށްފައެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް، ފޮއެމަތި ސްޕޯޓްސް ކްލަބުން ވަނީ ރޭ ސީދާ ދެ ގޭމުން މުކުރިމަގު އަންބީޓެން ބަލިކޮށް، މުބާރާތުގައި ކުރިޔަށް ދިއުމުގެ އުއްމީދު އައުކޮށްފައެވެ.

ރޭގެ މެޗުތަކަށްފަހު ބެސްޓް، ތުނޑި ނިއު ޖެނެރޭޝަން އަދި މުކުރިމަގު އަންބީޓެން ވަނީ މުބާރާތުން ކަޓާފައެވެ.

މުބާރާތުގެ ފޯރިގަދަ ހަތަރު މެޗެއް މިރޭވެސް ކުޅެވޭނެއެވެ. މިރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރަނީ މުކުރިމަގު ނިއު ޖެނެރޭޝަން އާއި ފޮއެމަތި ސްޕޯޓްސް ކްލަބެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 20:15 ގައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments