ގަމު ކައުންސިލް ބައިބަލާ ޗެލެންޖުގެ ޗެމްޕިއަންކަން ފިނޮޅަށް

Gamu Council Baibalaa Challenge ge Champion kan Finolhah

ގަމު ކައުންސިލް ބައިބަލާ ޗެލެންޖުގެ ފައިނަލުގައި މުކުރިމަގު އަންޑަގްރައުންޑް ބަލިކޮށް، ފިނޮޅު ސްޕޯޓްސް ކްލަބުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މުކުރިމަގު އަންޑަގްރައުންޑް ވަނީ ކުޅުނު ހުރިހައި މެޗަކުން މޮޅުވެ، ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފައެވެ. ފިނޮޅުން ފައިނަލުގެ ޖާގަ ހޯދީ މިރޭ ކުޅުނު ސެމީ ފައިނަލުގައި ސީދާ ދެ ގޭމުން ގޯޅި ސްޕޯޓްސް ކްލަބް ބަލިކުރުމަށްފަހުއެވެ.

ގަމު ބައިބަލާ މައިދާނުގައި މިރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގެ ފުރަތަމަ ބުރުގައި އެތެރެއިން ކުޅުނީ ފިނޮޅެވެ. ފިނޮޅުން ވަނީ މޮޅު ކުޅުމެއް ދައްކައި، ފުރަތަމަ ގޭމު ކާމިޔާބުކޮށްފައެވެ.

ދެވަނަ ގޭމުގެ ކުރީކޮޅު މުކުރިމަގު ޓީމަށް ގޯސްތަކެއް ހެދުނު ނަމަވެސް، އެ ޓީމުން ވަނީ އައު ހިތްވަރަކާއެކު މޮޅަށް ކުޅެ، ދެވަނަ ގޭމު ކާމިޔާބުކޮށްފައެވެ. މިއާއެކު، މެޗު ވަނީ ގަދަ ހިފުމަކަށް ގޮސްފައެވެ.

ގަދަ ހިފުމުގައި ފުރަތަމަ ބައްދަލުކުރީ ފިނޮޅުގެ ހަސަން މާހިރު (ހަންޓޭ) އާއި މުކުރިމަގު ޓީމުގެ މުހައްމަދު މިރުސާލް ޔާސިރު އެވެ. ހަންޓޭ ވަނީ އެތެރޭގައި އޮވެ، މިރުސާލް ހިފަހައްޓާލާފައެވެ.

ގަދަ ހިފުމުގެ ދެވަނަ ބުރުގައި ވާދަކުރީ މުކުރިމަގުގެ މުހައްމަދު ލުފްޝާން (ޕަފް) އާއި ފިނޮޅުގެ މުހައްމަދު ރިލްވާން (ބުޅާ މޯޑު) އެވެ. ބުޅާ މޯޑު ވަނީ ބޭރުން ކުޅެ، ފިނޮޅަށް ގަދަހިފުން ކާމިޔާބުކޮށްދީ ޗެމްޕިއަންކަން ހޯދަދީފައެވެ.

މިއަހަރުގެ މުބާރާތުގެ މިސްޓާ ބައިބަލާއަށް ހޮވިފައިވަނީ ފިނޮޅުގެ ހަންޓޭ އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީވެސް ހަންޓޭ އެވެ. މުބާރާތުގެ ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވަނީ ފިނޮޅު ސްޕޯޓްސް ކްލަބުގެ ބުޅާ މޯޑާއި މުކުރިމަގު އަންޑަގްރައުންޑުގެ މިރުސާލް އާއި ޝާމް އަދި ފޮއެމަތި ސްޕޯޓްސް ކްލަބުގެ މުހައްމަދު އަހުމަދު (އައްމު) އާއި ޔުނައިޓެޑް ފިނޮޅުގެ ހަސަން ނުވާސް (ނުވަޅޭ) އެވެ.

މިއަހަރުގެ މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ގޯޅި ސްޕޯޓްސް ކްލަބެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments