ގަމު ތުނޑީގައި މިރޭ އޮންނަ ފޯރިގަދަ ޝޯވް ގައި ރިދަމް ބޮޑުބެރު ގްރޫޕް އިން ޕާރފޯމްކުރަނީ
Gamu thundi gai mirey onna foarigadha show gai rhythm boduberu group in perform kurani

ލ. ގަމު ތުނޑީ ގައި މިރޭ އޮންނަ ފޯރިގަދަ ޝޯވް ގައި ރިދަމް ބޮޑުބެރު ގްރޫޕް އިން ޕާރފޯމް ކުރަން ނިންމައިފިއެވެ.
މިރޭ ގަމު ތުނޑީގައި އޮންނަ އީދު ވަދާއީ ޝޯވް ގައި ރިދަމް ބޮޑުބެރު ގްރޫޕްގެ އިތުރުން ހަބޭސް ބޮޑުބެރު ގްރޫޕް އަދި އިކުއެޓިކް ވައިބްސް ވެސް ޕާފޯމް ކުރުމަށް ވަނީ ނިންމާފައެވެ. މިފަހަރު ގަމު ކައުންސިލް ބައިބަލާ ޗެލެންޖުގެ އެންޓަރޓެއިންމެންޓް ޕާޓްނަރަކީވެސް ހަބޭސް ބޮޑުބެރު ގްރޫޕްއެވެ.
ބޮޑުބެރު ޗެލެންޖުގެ ފަހުރުވެރި ތިންވަނަ ކާމިޔާބުކުރުމަށްފަހު، ރިދަމް ބޮޑުބެރު ގްރޫޕް އިން ވަނީ އީދުގެ ފުރަތަމަ ދުވަހުގެ ރޭ ތ. ބުރުނީގައި ވެސް ޝޯވް ހުށަހަޅާފައެވެ.