ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު ސްޕޯޓްސް މިނިސްޓަރާ ބައްދަލުކުރައްވައިފި
Gamu dhaairaage member yoosuf nasheedh sports minsister aa bahdhalu kurahvaifi

ލ.ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު ގަމު ދާއިރަގައި ކުޅިވަރުގެ ދާއިރާއިން ދިމާވެފައިވާ ދަތިކަމާމެދު މަޝްވަރާކުރުމަށް ސްޕޯޓްސް މިނިސްޓަރ އަބްދުﷲ ރާފިއުއާ ބައްދަލުކުރައްވައިފިއެވެ.
އެގޮތުން، މެންބަރު ޔޫސުފް ނަޝީދު ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގަމުގައި ކުރިއަށް ރޭވިފައިވާ މަސައްކަތްތަކާއިމެދު މިނިސްޓަރާއެކު މަޝްވަރާކުރެއްވި ކަމަށެވެ.
މީގެއިތުރުން މިނިސްޓަރ ރާފިއު ވަނީ ގަމުގެ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް މި އަހަރުތެރޭ ފެށިގެންދާނެކަމުގެ ޔަޤީންކަން މެންބަރަށް ދެއްވާފަައެވެ.