މެރިއޮޓް އިންޓަނޭޝަނަލް މޯލްޑިވްސް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ލާމު ގަމަށް!
Mariott international maldives apprentinceship program laamu gamah!

މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްގެ “ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް”ގެ ދަށުން މެރިއޮޓް އިންޓަނޭޝަނަލްގެ މެރިއޮޓް އިންޓަނޭޝަނަލް މޯލްޑިވްސް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ލ.ގަމުގައި އޯޕެން ޑޭ އެއް ބޭއްވުމަށް ނިންމައިފިއެވެ.
އޯޕަން ޑޭ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހު 24 ވަނަ ދުވަހު، ގަމު ހަމަދު ސްކޫލް ހޯލުގައެވެ. މި އޯޕެންޑޭ ކުރިއަށް ދާނީ އެދުވަހު ހެނދުނު 10:00 އިން ހަވީރު 04:00 އަށެވެ.މި ޕްރޮގްރާމްގައި ރަޖިސްޓްރީވުމަށް ވަނަވަރު ފޮނުވާނީ [email protected] މެއިލް އަށެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފާރަތަކީ 16 އަހަރާއި 20 އަހަރާ ދެމެދުގެ ދިވެއްސެކަށް ވާން ޖެހެއެވެ. މީގެއިތުރުން، ޖީސީއީ އޯ ލެވެލް ނުވަތަ އޭލެވެލް ނިންމާފައިވާ ފަރާތަކަށް ވާން ޖެހޭއިރު، އިނގިރޭސި ބަހަށް ފަރިތަ ވާންޖެހެއެވެ. އަދި ފަތުރުވެރިކަމުގެ ހޮސްޕިޓާލިޓީ ދާއިރާއަށް ޝައުގުވެރިކަން ހުންނަ ފަރާތަކަށް ވެސް ވާންޖެހެއެވެ.
މި ޕްރޮގްރާމްގެ ދަށުން ވަޒީފާގެ ފުރުސަތު ހުޅުވާލާފައިވާ ދާއިރާތައް:
އިލެކްޓްރިކަލް އިންސްޓޯލޭޝަން އެންޑް މެއިންޓެނަންސް
ފްރޮންޓު އޮފީސް
ހައުސްކީޕންގް
ލޯންޑަރީ
ކޮމާރޝިއަލް ކުކަރީ
ޕޭސްޓްރީ އެންޑް ބޭކަރީ
ފުޑް އެންޑް ބެވަރެޖް
ލައިފްގާރޑިންގް
މެރިއޮޓް އިންޓަރނޭޝަނަލްއަކީ ދުނިޔޭގެ އެންމެ ބޮޑު ހޮޓެލް ޗެއިންގެ އިތުރުން, ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަތް ޕްރޮޕަޓީއެއް ހިންގަމުން އަންނަ ހޮޓެލް ޗެއިންއެކެވެ.