ބެސްޓާއި ކާމިނީ އިން ފައިނަލުގެ ޖާގަ ކަށަވަރުކޮށްފި

BEST aai Kaaminee in final ge jaaga kashavarukohfi

މިހާރު ކުރިޔަށްދާ ގަމު ކައުންސިލް ބަށި ބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުތައް ކާމިޔާބުކޮށް ބެސްޓާއި ކާމިނީ ބަށި ޓީމުން ފައިނަލުގެ ޖާގަ ކަށަވަރުކޮށްފިއެވެ.

ބެސްޓާއި ކާމިނީ އިން ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗު ވެސް ކާމިޔާބުކޮށްފައެވެ. އަދި މިއަދުގެ މެޗު ކާމިޔާބުކުރުމާއެކު، ދެ ޓީމަށްވެސް ވަނީ ފައިނަލުން ޖާގަ ޔަގީންވެފައެވެ. މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި މި ދެ ޓީމުގެ ކުރިމަތިލުމެއް ފެންނާނެއެވެ.

މިއަދު ހަވީރުގެ ފުރަތަމަ މެޗުގައި ބެސްޓުން ވަނީ 26 ލަނޑާއެކު މާހިންނަ ބަލިކޮށްފައެވެ. މާހިންނައަށް ހެދިފައިވަނީ 15 ލަނޑާއި ނުވަ ފޯއްޔެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ބެސްޓުގެ އާއިޝަތު ފިއުޒާ އެވެ. އެ ޓީމުން ކުޅުނު ހުރިހައި މެޗެއްގެވެސް މޮޅު ކުޅުންތެރިޔަކީ ފިއުޒާ އެވެ.

މިއަދުގެ ދެވަނަ މެޗުގައި ކާމިނީ އިން ވަނީ 34 ލަނޑު ހަދައި، ބެސްޓް ގާލްސް ބަލިކޮށްފައެވެ. ބެސްޓް ގާލްސް އަށް ހެދުނީ 14 ލަނޑާއި 11 ފޯއްޔެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ހައްވާ ލިއުޝާ އެވެ. ކާމިނީ ޓީމުގެވެސް ތިން މެޗުގެ މޮޅު ކުޅުންތެރިޔަކީ ލިއުޝާ އެވެ.

މުބާރާތް ނިމުމަކާ ގާތްވެފައިވާއިރު، ބަށި ރާނީގެ ލަގަބު ހޯދުމަށް އެންމެ ގާތްކުރާ ދެ ކުޅުންތެރިންނަކީ ފިއުޒާ އާއި ލިއުޝާ އެވެ. މި ދެ ކުޅުންތެރިންވެސް ވަނީ ތިން މެޗުން މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ.

މާދަމާގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ބެސްޓް ގާލްސް އާއި އައިވައިޔޫ އެވެ. އަދި ލީގު ބުރުގެ ފަހު މެޗުގައި ކާމިނީ ނިކުންނާނީ ބެސްޓާ ދެކޮޅަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments