ލާމުން، ޤައުމީ ފުޓުބޯޅަ ޓީމަށް ހޫނު މަރުޙަބާއެއް ކިޔަން ތައްޔާރުވެއްޖެ

މި މަހުގެ 21 ދުވަހު ލ.ގަމު ޒޯން ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖެ އަދި ޕާކިސްތާނުގެ ޤައުމީ ފުޓުބޯޅަ ޓީމު ބައްދަލުކުރާ މެޗު ކުޅުމަށް ދިވެހިރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު މާދަމާ ލާމަށް އައުމަށް ހަމަޖެހިފައިވާތީ، އެ ޓީމަށް ވަރަށް ހޫނު މަރުހަބާއެއް ކިޔުމަށް ލ.ގަމު ކައުންސިލުން ތައްޔާރުވަމުން އެބަދެއެވެ. އެގޮތުން ޤައުމީ ފުޓުބޯޅަ ޓީމަށް މަރުހަބާ ކިޔުމަށް ވީހާ ވެސް ގިނަ ރައްޔިތުން މާދަމާ ހެނދުނު 8:00އަށް ކައްދުއަށް ދިއުމަށް ލ.ގަމު ކައުންސިލްގެ ރައީސް އެދިލައްވައެވެ. ޕާކިސްތާނާއި ދިވެހިރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު ބައްދަލުކުރާ މެޗަށް ލާމު އަތޮޅުގެ ރަށްތަކުން ދަނީ ވަރަށް ބޮޑަށް ތައްޔާޜުވަމުންނެވެ. އެ ގޮތުން މި މެޗު ބަލާމުމަށް ގަމަށް ދާން ބޭނުންވާ ފަރާތްތަކުން ނަން ނޯޓު ކުރުމަށާއި ސަޕޯޓަރުންގެ ދަތުރު ހިލޭ ހަމަޖައްސައިދޭނެ ކަމަށް ލާމު އަތޮޅުގެ ރަށްތަކުގެ ކައުންސިލް އިދާރާތަކުން އިޢުލާންކޮށްފައިވެއެވެ. މާލެ އާއި އައްޑޫ ފިޔަވައި، ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗެއް ރާއްޖޭގެ ރަށެއްގައި ކުޅޭ މިއީ ފުރަތަމަ ފަހަރެވެ.