ފުރިހަމަ ރެކޯޑަކާއެކު ގަމު ކައުންސިލް ބަށި ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކާމިނީ އަށް
Furihama record akaa eku Gamu Council bashi boalha mubaaraathuge champion kan Kaaminee ah

ގަމު ކައުންސިލް ބަށި ބޯޅަ މުބާރާތުގެ ފައިނަލުގައި ބެސްޓް ބަލިކޮށް، ފުރިހަމަ ރެކޯޑަކާއެކު ކާމިނީ ބަށި ޓީމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ކާމިނީ ފައިނަލަށް ދަތުރުކުރީ ފުރަތަމަ ބުރުގައި ކުޅުނު ހުރިހައި މެޗަކުން މޮޅުވެ، އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ބެސްޓް ފައިނަލަށް ދަތުރުކުރީ ނުވަ ޕޮއިންޓާއެކު ދެވަނަ ޓީމުގެ ގޮތުގައެވެ.
މިއަދު ހަވީރު ކުޅުނު ފޯރިގަދަ ފައިނަލް މެޗުން ކާމިނީ މޮޅުވީ ކުޑަ ފަރަގަކުންނެވެ. ވަގުތު ހަމަވިއިރު ކާމިނީ އިން ވަނީ 24 ލަނޑާއި 11 ފޯލި ހަދާފައެވެ. ބެސްޓަށް ހެދުނީ 24 ލަނޑާއި އެއް ފޯއްޔެވެ.
މިއަހަރުގެ މުބާރާތުގެ ބަށި ރާނީ އަކަށް ހޮވިފައިވަނީ ކާމިނީގެ ހައްވާ ލިއުޝާ އެވެ. އަދި 119 ބޯޅަ ހިފައި، އެންމެ މޮޅު ހިފުން ތެރިއަކަށް ހޮވުނީވެސް ލިއުޝާ އެވެ. އެންމެ މޮޅު ޖެހުން ތެރިއަކީ އެ ޓީމުގެ މަރިޔަމް ޝިޒާނާ އެވެ. އޭނާ ވަނީ ޖުމްލަ 387 ބޯޅަ ޖަހާފައެވެ. މި މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ މާހިންނަ ބަށި ޓީމެވެ.
މިއަހަރުގެ މުބާރާތުގައި ޖުމްލަ ފަސް ޓީމު ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު، ރަނަރަޕް ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.