އުއްމީދަކީ އަންނަ އަހަރުވެސް މިފަހަރަށްވުރެ ފުޅާކޮށް ބަށި މުބާރާތް ބޭއްވުން: ގަމު ކައުންސިލް

Unmeedhakee anna aharuves mifaharah vure fulhaakoh bashi mubaaraaiy beyhvun: Gamu council

އުއްމީދަކީ އަންނަ އަހަރުގައިވެސް މުޅި ރާއްޖެއަށް ނުވަތަ އަތޮޅަށް ހުޅުވާލައިގެން މިފަހަރަށް ވުރެ ފުޅާކޮށްް ބަށި މުބާރާތް ކުރިއަށް ގެންދިއުން ކަމަށް ލ.ގަމު ކައުންސިލުން ބުނެފިއެވެ.

ގަމު ކައުންސިލްގެ ދެވަނަ ބަށި މުބާރާތް ނިންމާލުމަށްފަހު، މުބާރާތާ ދޭތެރޭ ދެކޭގޮތް “ލާމު އެމްވީ” އާ ހިއްސާކުރައްވަމުން، ގަމު ކައުންސިލްގެ ކައުންސިލަރ ފާތިމަތު އަލީ ވިދާޅުވީ، މުބާރާތަށް ރަށުގެ އަންހެނުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. ކައުންސިލަރ ވިދާޅުވީ ބަށްޓަކީ ހަމަައެކަނި ރާއްޖޭގައި ކުޅޭ ކުޅިވަރެއް ކަމަށާއި ފަހަކަށް އައިސް ގައުމީ ފެންވަރުގައި ރާއްޖޭގައި ކުޅެމުން ދިޔަ މި ކުޅިވަރު ނެތިގެން ގޮސްފައިވާ ކަމަށެވެ.

“އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފާހަގަކުރެވުނު ގޮތުގައި، އަންހެން ބޭފުޅުން ވަރަށް ބޮޑަށް ފަހަށް ޖެހޭ މަންޒަރު، އެކުގައި މިހެން ކަންކަމުގައި މަސްއޫލުވެގެން އުޅެން ފަސްޖެހެމުންދާތީވެ، އަމާޒަކަށްވީ ބަށީގެ ފޯރީގައި، އެބޭފުޅުން އެއްތަނެއްގައި އިޖުތިމާއީ އުޅުން ބަދަހިކޮށް، ހަމަ އިޖުތިމާއީ ރޫހުގައި، އެބޭފުޅުން އެކުގައި ފެނުން.”

މީގެއިތުރުން ކައުންސިލަރ ވިދާޅުވީ ޖުމުލަކޮށް މުބާރާތް ނިންމާލެވުނީ ވަރަށް ކާމިޔާބުކަމާއެކީގައި ކަމަށާއި އުއްމީދަކީ އަންނަ އަހަރުގައިވެސް މުޅި ރާއްޖެއަށް ހުޅުވާލައިގެން ނުވަތަ އަތޮޅަށް ހުޅުވާލައިގެން މިފަހަރަށްވުރެ ފުޅާކޮށް ބަށި މުބާރާތް ކުރިއަށް ގެންދިއުން ކަމަށެވެ.

ފާތިމަތު އަލީ ވަނީ މުބާރާތް ކުރިޔަށް ގެންދިއުމަށް އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ޝުކުރުއަދާކޮށްފައެވެ. އެގޮތުން އޭނާ ވަނީ ކައުންސިލްގެ ރައީސް އަހުމަދު ޒަކީ އާއި ކައުންސިލަރ މަރިޔަމް ނީނާ އަދި ކައުންސިލްގެ އެންމެހާ މުވައްޒަފުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށްފައެވެ. މީގެއިތުރުން، މުބާރާތް ކުރިޔަށް ދިޔަ ވަގުތު އެ ސަރަހައްދުގެ ސެކިޔުރިޓީ ބަލަހައްޓައިދިން ޕޮލިހުންނަށާއި، ޓީމުތަކުންނާއި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ފާތިމަތު އަލީ ޝުކުރު އަދާކުރިއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments