އާދަޔާހިލާފަށް މަދިރި ގިނަވެ، އިސްދޫގެ މަގުތައް ފޮގުކޮށްފި
Aadhayaahilaafah madhiri ginave, isdhooge maguthah fogu kohfi

އާދަޔާހިލާފަށް މަދިރި ގިނަވުމުގެ ސަބަބުން ލ.އިސްދޫގެ މަގުތަށް ފޮގުކޮށްފިއެވެ.
މިކަމާ ގުޅޭ ގޮތުން އިސްދޫ ކައުންސިލްގެ ރައީސް ވިދާޅުވީ މަދިރި ގިނަވުމުގެ ސަބަބުން މުޅި ރަށް ފޮގުކޮށްފައިވާ ކަމަށާއި، މަދިރި ގިނަވެގެން އުޅޭ ކަން ކައުންސިލްގެ ސަމާލުކަމަށް އައީ އާދަޔާހިލާފަށް ރަށުގެ މަރުކަޒަށް ބަލިވެގެންދާ މީހުން ގިނަވުމުގެ ސަބަބުން ކަމަށެވެ.
މަދިރި ގިނަވުމުގެ ސަބަބުން ނުރައްކާތެރި ބަލިތައް އުފެދެއެވެ. އޭގެތެރެއިން، ރާއްޖޭގައި އެންމެ ގިނަ މީހުންނަށް ޖެހެމުންދާ ބައްޔަކީ ޑެންގޫ ހުމެވެ. މި ބަލި އާންމުކޮށް ކުޑަކުދިންނަށް ޖެހޭއިރު، މި ބަލިން ރައްކާތެރިވުމަށް މަދިރި ހެފުމާއި މަދިރި އާލާވާނެ ކަންކަމުން ރައްކަތެރިވުމަށް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.