ދުނިޔޭގެ ތިމާވެށީގެ ދުވަސް ކުލަގަދަކޮށް ލާމުގައި ފާހަގަކުރަނީ

Dhuniyeyge thimaaveshi ge dhuvas kulagadhakoh laamugai faahaga kuranee

ދުނިޔޭގެ ތިމާވެށީގެ ދުވަސް ކުލަގަދަކޮށް ލާމު އަތޮޅުގައި ފާހަގަކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވާރަމެންޓް މިނިސްޓްރީ އިން ނިންމައިފިއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވާރަމެންޓް ތޯރިގު އިބްރާހިމް ލާމަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީއިން ވަނީ ލ.ފޮނަދޫ އަދި ގަމުގައި ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. އެގޮތުން، މިއަދު ފޮނަދޫ ޔޫތު ސެންޓަރުގައި ވޯކުޝޮޕެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އެންޖީއޯ އަދި ކޮމިއުނިޓީ ލީޑަރުންނަށް ހާއްސަކޮށްގެން ބާއްވާ ވޯކުޝޮޕެކެވެ. މި ވޯކުޝޮޕް މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ކުރިއަށްގެންދާ އިތުރު ހަރަކާތްތަކުގެ ތެރޭގައި، 27 ވަނަ ދުވަހު ހެނދުނު ގަމު ބީޗު ސާފުކުރުމުގެ ހަރަކާތެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އާއި ގަމުގެ މުއައްސަސާތައް ގުޅިގެނެވެ. މި ހަރަކާތަށްފަހު އެދުވަހު ހަވީރު “ބިޔޯންޑް ޕްލާސްޓިކް ފެސްޓިވަލް” ގެ ނަމުގައި ފެސްޓިވަލް އެއްވެސް ކުރިއަށްދާނެއެވެ. މި ފެސްޓިވަލް ކުރިޔަށްދާނީ ހަމަދު ސްކޫލުގައެވެ.

ދުނިޔޭ ތިމާވެށީގެ ދުވަހުގެ ރަސްމީ ޖަލްސާ މިމަހުގެ 27 ވަނަ ދުވަހުގެ ރޭ ހަމަދު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި މިމަހުގެ 28 ވަނަ ދުވަހު، “އުޖާލާ ލާމު” ނަމުގައި ލާމު އަތޮޅުގެ ސްކޫލުތަކުގެ ދަރިވަރުންނަށް ފީލްޑް ޓްރިޕްއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، 28 ވަނަ ދުވަހު ފޮނަދޫ ޔޫތު ސެންޓަރުގައި ފޯރަމްއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ހަމަމިއާއެކު، އެދުވަހުގެ ރޭ ހަމަދު ސްކޫލުގައި މިނިސްޓްރީގެ ފަރާތުން “ސަޕްރައިޒް އިވެންޓް” އެއް ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments