މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުުލައި 28 ބަންދުކޮށްފި!

Minivan dhuvahuge munaasabathugai July 28 bandhu kohfi!

މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން، 2025 ޖުލައި 28 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.

މި އަހަރަކީ، ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރު ކަމަށް ވުމާއެކު، މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން، ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެހެންކަމުން، މިނިވަން ދުވަހުގެ މުނާސަބަތުގައި ބަންދުވާ ޖުލައި 27 ވަނަ ދުވަހު ބާއްވާ ހަރަކާތްތަކުގެ އިތުރުން، 28 ވަނަ ދުވަހުގެ ޕުރޮގުރާމުގައިވެސް މުހިންމު ބައެއް ކަންކަން ހިމެނޭތީ،  ޖުލައި 28 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ.

އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރުގެ މިނިވަން ދުވަސް އަތޮޅުތެރެއާއި މާލޭގައި ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments