ބައިސަން 13 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތް މާދަމާ ފަށަނީ

Bison 13 aharun dhashuge football mubaaraaiy maadhamaa fashany

މާއްޓޭ ސްޕޯޓްސް އެކަޑަމީ އާއި ލާމު ޔޫތު ޑިވެލޮޕްމަންޓް (ލީޑް) ގުޅިގެން ކުރިޔަށް ގެންދާ ބައިސަން 13 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތް މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ.

ފޮނަދޫ ބަރާސިލް އަވަށު ފުޓުބޯޅަ ދަނޑުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ ލ.އަތޮޅުގެ އެކަޑަމީ ތަކަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މުބާރަތެކެވެ. މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ބައިސަން އެވެ.

މިއަހަރުގެ މުބާރާތުގައި ތިން އެކަޑަމީ އަކުން އަށް ޓީމު ވަނީ ބައިވެރިވެފައިވެއެވެ. މި މުބާރާތުގައި ވާދަކުރާ އެކަޑަމީ ތަކަކީ ލާމު އެޕެކްސް ސްޕޯޓްސް އެކަޑަމީ (ލަސާ)، ކިޔުއެމް ސްޕޯޓްސް އެކަޑަމީ އަދި މާއްޓޭ ސްޕޯޓްސް އެކަޑަމީ އެވެ.

މި މުބާރާތުގައި ވާދަކުރާ ޓީމުތައް ބަހާލާފައިވަނީ ދެ ގުރޫޕަކަށެވެ. އެގޮތުން، ގުރޫޕު “އޭ” ގައި ހިމެނެނީ ކިޔުއެމް ޓީމް 3، ކިޔުއެމް ޓީމް 2، ލަސާ ކުރަނގި އަދި ލަސާ ރަތަފަ އެވެ. ގުރޫޕު “ބީ” ގައި ހިމެނެނީ ކިޔުއެމް ޓީމް 1، ލަސާ ވައްލަ، މާއްޓޭ ސްޕޯޓްސް އަދި ލަސާ ހޯރަ އެވެ.

މާދަމާ ހަވީރު މުބާރާތް ފަށާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކިޔުއެމް ޓީމް 3 އާއި ލަސާ ކުރަނގި އެވެ. އަދި ދެވަނަ މެޗުގައި ކިޔުއެމް ޓީމް 2 ނިކުންނާނީ ލަސާ ރަތަފަ އާ ދެކޮޅަށެވެ. މާދަމާ އިން ފެށިގެން އާދީއްތަ ދުވަހާ ހަމަޔަށް ކުރިޔަށްދާނީ ގުރޫޕް ސްޓޭޖުގެ މެޗުތަކެވެ. ކޮންމެ ގުރޫޕަކުން އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާއިރު، ސެމީ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހަފުތާގެ ހުކުރު ދުވަހުއެވެ. އަދި ފައިނަލް މެޗު ކުޅޭނީ އަންނަ ހަފުތާގެ ހޮނިހިރު ދުވަހުއެވެ.

މި މުބާރާތުގައި ވާދަކުރާ ލަސާގެ މީޑިއާ ޕާޓްނަރަކީ ލާމު އެމްވީ އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments