ފުރަތަމަ ދެ މެޗުން ލަސާ ޓީމުތަކަށް މޮޅެއް
Furathama 2 match in LASA team thakah molheh

މާއްޓޭ ސްޕޯޓްސް އެކަޑަމީ އާއި ލާމު ޔޫތު ޑިވެލޮޕްމަންޓް (ލީޑް) ގުޅިގެން ކުރިޔަށް ގެންދާ ބައިސަން 13 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތް މިއަދު ފެށިއިރު، މުބާރާތުގެ ފުރަތަމަ ދެ މެޗު ލާމު އެޕެކްސް ސްޕޯޓްސް އެކަޑަމީ (ލަސާ) ގެ ޓީމުތަކުން ކާމިޔާބުކޮށްފިއެވެ.
ޖުމްލަ 8 ޓީމު ހިމެނޭ މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ލަސާ ކުރަނގި އާއި ކިޔުއެމް ޓީމް 3 އެވެ. ލަސާ ކުރަނގި އިން މި މެޗު ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނުނު ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފައިލަމް އެވެ.
މިއަދުގެ ދެވަނަ މެޗުގައި ލަސާ ރަތަފަ އިން ވަނީ 13-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކިޔުއެމް ޓީމް 2 ބަލިކޮށްފައެވެ. މި މެޗުގައި ލަސާ ޓީމުގެ އަރީޝް ހަތަރު ލަނޑު ޖެހިއިރު ލައިޝް އާއި ހަމަދު ވަނީ ހެޓްރިކް ހަދާފައެވެ. މީގެއިތުރުން، ރާހިލް ދެ ލަނޑު ޖެހިއިރު، ޔަނާހު ވަނީ އެއް ލަނޑު ޖަހާފައެވެ.
މިއަދު ހަވީރު ކުޅުމަށް ތާވަލު ކުރެވިފައިވާ ކިޔުއެމް ޓީމް 1 އާއި މާއްޓޭ ސްޕޯޓްސް ބައްދަލުކުރާ މެޗު ވަނީ މާދަމާ ހެނދުނަށް ފަސްކޮށްފައެވެ.