ދެވަނަ މެޗު ކާމިޔާބުކޮށް، ލަސާ ރަތަފަ ސެމީއަށް

Dhevana match kaamiyaabukoh, LASA Rathafa Semi ah

މިހާރު ކުރިޔަށްދާ ބައިސަން 13 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗު ކާމިޔާބުކޮށް، ލަސާ ރަފަތަ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ލަސާ ރަތަފަ އިންވަނީ މުބާރާތުގެ ފުރަތަމަ މެޗުން ބޮޑު މޮޅެއް ހޯދާފައެވެ. އެ ޓީމުން ސެމީގެ ޖާގަ ކަށަވަރުކުރީ މިއަދު ހަވީރު 5-0 ގެ ނަތީޖާއަކުން ލަސާ ކުރަނގި ބަލިކުރުމަށްފަހުއެވެ. މި މެޗުގައި ރަތަފަ ޓީމުގެ ލައިޒަލް ދެ ލަނޑު ޖެހިއިރު، އަނެއް ތިން ލަނޑު ޖެހީ ރާހިލް، ސިމްރާން އަދި ލައިޝް އެވެ.

ކިޔުއެމް ޓީމް 1 އިން ވަނީ މިއަދު ކުޅުނު ދެ މެޗު ކާމިޔާބުކޮށް ސެމީގެ ފުރުސަތު ބޮޑުކޮށްފައެވެ. ސެމީ އަށް ދިއުމަށް އެ ޓީމަށް ބޭނުން ވަނީ އެންމެ ޕޮއިންޓެކެވެ. މިއަދު ހެނދުނު އެ ޓީމުން ވަނީ 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މާއްޓޭ ސްޕޯޓްސް ބަލިކޮށްފައެވެ. މި މެޗުގައި ކިޔުއެމް ޓީމުގެ އަކްމަލް ވަނީ ފަސް ލަނޑު ޖަހާފައެވެ. މީގެއިތުރުން، ޝުއައިބު ދެ ލަނޑު ޖެހިއިރު، އަލޫފް އާއި އިޔާން ވަނީ ލަނޑު ޖަހާފައެވެ.

ކިޔުއެމް ޓީމް 1 އިން މިއަދު ހަވީރު ލަސާ ހޯރަގެ މައްޗަށް ކުރިހޯދީ 5-0 ގެ ނަތީޖާއަކުންނެވެ. އެ ޓީމުގެ ފަސް ލަނޑުވެސް ޖެހީ އަކްމަލް އެވެ.

މިއަދު ހަވީރު ގުރޫޕު “އޭ” ގެ ކިޔުއެމް ޓީމް 2 އާއި ކިޔުއެމް ޓީމް 3 ބައްދަލުކުރި މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކިޔުއެމް ޓީމް 2 އިންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments