ތިމާވެށީގެ ދުވަހާ ގުޅިގެން ގަމުގައި ކުރިއަށް ގެންދިޔަ “ވޭސްޓު ޓު އާޓު” އިވެންޓު ކާމިޔާބުކަމާއެކު ނިންމާލައިފި

Thimaavesheege dhuvahaa gulhigen gamugai kuriah gendhiya "waste to art" event kaamiyaabu kamaaeku ninmaalaifi

ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ލާމުގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ލ.ގަމުގައި ކުރިއަށްގެންދިޔަ ގޮނޑުދޮށް ސާފުކުރުމުގެ އިވެންޓް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

“ވޭސްޓު ޓު އާޓު” ގެ ނަމުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި ލ.ގަން އަދި ފޮނަދޫގެ މުއައްސަސާތަކުންނާއި އާންމުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ. އެންވާރަމެންޓް މިނިސްޓްރީއިން ކުރިއަށް ގެންދިޔަ މި އިވެންޓްގައި ގަމު މަތިމަރަދޫ، ބޮޑަމަގަ އަތިރި ސާފުކޮށްފައިވާއިރު،987 ކިލޯގެ ކުނި ވަނީ ނެގިފައެވެ. އޭގެތެރެއިން، 650.2 ކިލޯގެ ކުންޏަކީ އަލުން އިއާދަ ކުރެވޭ ކުންޏެވެ. މި ކުނިތައް “ޕާރލޭ” މެދުވެރިކޮށް ރިސައިކަލް ކުރުމަށް ފޮނުވުމަށް މިނިސްޓްރީ އިން ވަނީ ނިންމާފައެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަސް ކުލަގަދަކޮށް ލާމު އަތޮޅުގައި ފާހަގަކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވާރަމެންޓް މިނިސްޓްރީ އިން ވަނީ ނިންމާފައެވެ. ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވާރަމެންޓް ތޯރިގު އިބްރާހިމް ވެސް ވަނީ ގަމަށް ޒިޔާރަތްކުރައްވާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments